Advertisement

ކޮވިޑު ޖެހޭތާ އަށް މަސް ފަހުން ވެސް ހަށިގަނޑުގައި އެންޓިބޮޑީޒް ހުރޭ

އެންޓިބޮޑީޒްއަކީ ބަލި ޖެހުމުން ވައިރަހާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަށިގަނޑުގައި އުފައްދާ އެއްޗެއް.--


ކޮވިޑު ޖެހޭތާ އަށް މަސް ފަހުން ވެސް ހަށިގަނޑުގައި އެންޓިބޮޑީޒް ހުރޭ

ކޮވިޑް ބަލި ޖެހޭތާ އަށް މަސް ފަހުން ވެސް ހަށިގަނޑުގައި އެ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ އެންޓިބޮޑީޒް ހުންނަ ކަމަށް އިޓަލީގެ ދިރާސާއަކުން ދައްކައިފި އެވެ.

"ބަލިވާ މިންވަރާއި، މީހުންގެ އުމުރުގައި އެއްވެސް ތަފާތެއް ނެތި" މަދުވެގެން އަށް މަސް ވަންދެން އެންޓިބޮޑީޒް ހަށިގަނޑުގައި ހުންނަ ކަމަށް މިލާންގެ ސޭން ރަފައެލް ހޮސްޕިޓަލުގެ ބަޔާނުގައި ވެއެވެ.

އެ ހޮސްޕިޓަލުގެ ސައިންސްވެރިން ވަނީ އިޓަލީގެ އައިއެސްއެސް ނެޝަނަލް ހެލްތު އިންސްޓިޓިއުޓާއެކު 162 މީހުންގެ މައުލޫމާތު އެއްކޮށްފަ އެވެ. އެ އެންމެންނަކީ ވެސް މިދިޔަ އަހަރު ބަލިވި މީހުންނެވެ.

އެ މީހުންގެ ލޭގެ ސާމްޕަލް ނަގާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހާއި އޭޕްރިލް މަސް އަދި ނޮވެމްބަރު މަހު އެވެ. އޭގެ ތެރެއިން 29 މީހަކު ބަލީގައި މަރުވި އެވެ.

"އެންތިބޮޑީޒްގައި ލޭގައި ހުންނަ މިންވަރު ގިނަ ދުވަސް ވާ ވަރަކަށް މަދުވޭ. އެކަމަކު ބަލި ޖެހުނުތާ އަށް މަސް ފަހުން ވެސް އެންޓިބޮޑީޒް ހުރި ކަމަށް ފާހަގަވި. އަށް މަސް ފަހުން އެންޓިބޮޑީޒް ނެތް ކަމަށް ދެއްކީ އެންމެ ތިން މީހުންގެ ސާމްޕަލުން،" ބަޔާނުގައި ވެއެވެ.

ނެޝަނަލް ކޮމިއުނިކޭޝަންސް ސައިންޓިފިކް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާފައި ފާހަގަކޮށްފައި ވަނީ ކޮވިޑް ޖެހުމުން ހަށިގަނޑުގެ އުފެދޭ އެންޓިބޮޑީޒްގެ އެކި ކަންކަމެވެ. އެގޮތުން ބަލިވާތާ 15 ދުވަސް ތެރޭގައި އެންޓިބޮޑީޒް އުފެދިފައި ނުވާ މީހުންގެ ހާލު ސީރިއަސްވާ ކަމަށް ދެއްކި އެވެ.