Advertisement

އެމްއެމްއޭ އާއި ބޭންކްތަކުގެ ހިދުމަތް ހަފުތާއަކު ދެ ދުވަހަށް ބަދަލުކޮށްފި

4 މޭ 2021 - 15:44 0

އަމަން ހަލީމް

އަމަން ހަލީމް

އޭޓީއެމްއަކުން މީހަކު ނިކުންނަނީ: ބޭންކުތަކުން ހިދުމަތްދޭ ދުވަސްތައް މަދުކުރީ މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުން -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އެމްއެމްއޭ އާއި ބޭންކްތަކުގެ ހިދުމަތް ހަފުތާއަކު ދެ ދުވަހަށް ބަދަލުކޮށްފި

4 މޭ 2021 - 15:44 0

ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑް-19 ރޯގާ ފެތުރެމުންދާތީ މާދަމާއިން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތަކުން ހަފުތާއަކު ދެ ދުވަހު ހިދުމަތްދޭ ގޮތަށް ބަދަލުކޮށްފި އެވެ.

އެމްއެމްއޭ އާއި ބޭންކުން ނިންމީ ހޯމަ އާއި ބުދަ ދުވަހު އެކަނި ހިދުމަތްދޭ ގޮތަށެވެ.

ރާއްޖޭގެ ކޮވިޑް ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދުތައް ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން އިތުރު ފިޔަވަޅުތައް އަޅަން ނިންމައި އިއުލާނުކުރީ ރޭގަ އެވެ. އަދި މި ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރު އޮފީސްތައް ދެ ހަފުތާއަށް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.

އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ ގުޅިގެން އެމްއެމްއޭއިން ކުރި އިއުލާނެއްގައި ބުނި ގޮތުގައި މި މަހުގެ 5 އިން 15 ވަނަ ދުވަހުގެ ނިޔަލަށް އެ އިދާރާ އާއި ބޭންކުތަކުން ހިދުމަތް ދޭނީ ހޯމަ އަދި ބުދަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިތަކުގައި އެކަނި ކަމަށެވެ.

އެމްއެމްއޭއިން ހިދުމަތްދޭ ގަޑިތައް:

  • ބޭންކިން ހިދުމަތް - ހެނދުނު 9:30 އިން 12:00 އަށް (އެޕޮއިންޓްމަންޓް އުސޫލުން)
  • ސިޓީ އާއި ތަކެތި ބަލައިގަތުން - ހެނދުނު 9:30 އިން 12:00 އަށް

ބޭންކުތަކުން ހިދުމަތްދޭ ގަޑިތަކަށް އަންނަ ބަދަލުތައް އެ ބޭންކުތަކުން އިއުލާނު ކުރާނެ އެވެ. ނަމަވެސް ހުރިހާ ބޭންކެއް ވެސް މިހާރު އިއުލާނުކޮށްފައި ހުރި ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ބަންދުވާނެ އެވެ.