Advertisement

ކޮވިޑުގެ ކުރިން ހުރި ވަރަށް ސެމްސަންގްގެ ފައިދާ އަލުން މައްޗަށް

29 އޭޕްރީލް 2021 - 09:57 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސެމްސަންގްގެ އިމާރާތެއް.


ކޮވިޑުގެ ކުރިން ހުރި ވަރަށް ސެމްސަންގްގެ ފައިދާ އަލުން މައްޗަށް

29 އޭޕްރީލް 2021 - 09:57 0

ސެމްސަންގް ގެލެކްސީ އެސް21 އަށް ލިބުނު ތަރުހީބާ ގުޅިގެން ކުންފުނީގެ ފުރަތަމަ ކުއާޓާގެ ފައިދާ، ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން 2018 ވަނަ އަހަރު ހުރި ވަރަށް އަލުން މައްޗަށް އަރައިފި އެވެ.

ދެކުނު ކޮރެއާގެ ކުންފުންނީގެ ސާފު ފައިދާ ވަނީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު 46.3 ޕަސެންޓު އިތުރުވެފަ އެވެ. އެހެންކަމުން 6.4 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.

ކޮވިޑާ ގުޅިގެން މީހުން ގޭގައި ތިބޭ ވަރު އިތުރުވުމާއެކު ޓީވީ އާއި ހޯމް އެޕްލަޔަންސްތަކަށް އޮތް ޑިމާންޑު ބޮޑުވުމަކީ ވެސް ފައިދާ އިތުރުވި ސަބަބެއް ކަމަށް ސެމްސަންގުން ބުނެ އެވެ.

ސެމްސަންގްއާ އެންމެ ވާދަވެރި އެޕަލް ކުންފުންޏަށް ވެސް ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރަނގަޅު ފައިދާއެއް ވެފަ އެވެ. ޗައިނާގައި އައިފޯނަށް އޮތް ޑިމާންޑާއެކު ބަލިމަޑުކަން ފެށުނު ފަހުން އެޕަލްގެ ފައިދާ ވަނީ ދެ ގުނަ އިތުރުވެފަ އެވެ.

ލޮކްޑައުނަށް ދާން ޖެހޭތީ ގޭގައި ތިބެގެން މަސައްކަތް ކުރުން އިތުރުވުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ގެންގުޅޭ ފޯނާއި ލެޕްޓޮޕް އަދި އެހެން ޑިވައިސްތައް ވެސް އަޕްގްރޭޑްކޮށްފަ އެވެ. އެހެންކަމުން ސެމްސަންގާއި އެޕަލްއަށް ވެސް އަންނަނީ ބަލިމަޑުކަމުގައި ފައިދާ ލިބެމުންނެވެ.