Advertisement

އިކާޑީގެ ހެޓްރިކާ އެކު ޕީއެސްޖީ ސެމީ އަށް

22 އޭޕްރީލް 2021 - 02:09 0

އިކާޑީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


އިކާޑީގެ ހެޓްރިކާ އެކު ޕީއެސްޖީ ސެމީ އަށް

22 އޭޕްރީލް 2021 - 02:09 0

ޕެރިސް (އޭޕްރީލް 22) - ފްރެންޗް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ މައުރޯ އިކާޑީގެ ހެޓްރިކާ އެކު އެންޖާސް އަތުން 5-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ފްރެންޗް ކަޕް އެންމެ ފަހުން ކުޅުނު ހަ ފަހަރުގެ ތެރެއިން ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލި ޕީއެސްޖީ ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ޖުމްލަ 13 ފަހަރު ހޯދައިފަ އެވެ. ޕީއެސްޖީން މިރޭގެ މެޗަށް ނުކުތްއިރު އެ ޓީމުގެ ދަނޑުގައި ވަނީ ޔޫރަޕިއަން ސުޕަ ލީގާ ދެކޮޅު ބެނާއެއް ހަރުކޮށްފަ އެވެ. އެ ބެނާ މެދުވެރިކޮށް ދީފައިވާ މެސެޖަކީ "މަގުބޫލު ފުޓްބޯޅަ އަކީ ސަޕޯޓަރުންގެ ހައްގެއް" ކަމަށެވެ.

އެންޖާސް ކޮޅަށް ޕީއެސްޖީ އަށް ލީޑުނަގައިދިނީ މެޗުގެ ނުވަ ވަނަ މިނިޓްގައި ޖޫލިއަން ޑްރެކްސްލާ ދިން ބޯޅައަކުންނެވެ. އެންޖާސްގެ ވިންސެންޓް މެންކާއު އަތުން ބައިކޮޅަށް ވަން ގޯލުން ޕީއެސްޖީން ލީޑުފުޅާކުރި އެވެ. ދެ ވަނަ ހާފްގައި މެޗުގެ 65 ވަަނަ މިނިޓްގައި ނޭމާ ޕީއެސްޖީގެ ތިން ވަނަ ގޯލެއް ޖެހިތާ ތިން މިނިޓް ފަހުން އިކާޑީ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މިއީ އެންހެލް ޑި މާރިއާ ދިން މޮޅު ބޯޅައަކުން އިކާޑީ ވައްދާލި ގޯލެކެވެ.

މެޗުގެ އިތުރު ވަގުތުގައި އިކާޑީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ ވޮލީ އަކުން ޖެހި ގޯލަކުންނެވެ.

ފްރެންޗް ކަޕް ސެމީން ފުރުސަތު ހޯދީ ޕީއެސްޖީގެ އިތުރުން ހަތަރު ވަނަ ޑިވިޝަންގެ ކްލަބް ވައިއެރެސް އާއި މޮންޓެޕިއޭ އެވެ. ސެމީގެ ފަހު ޖާގަ ލިބޭނީ މޮނާކޯ އާއި ލިޔޯންގެ ތެރެއިން އެއް ޓީމަކަށެވެ. އެ ދެ ޓީމު ކުޅޭ ކުއާޓާ ފައިނަލްގެ ފަހު މެޗު މިރޭ ކުޅޭނެ އެވެ.