Advertisement

ވެކްސިން ކިޔުތައް ދިގުވާ މައްސަލަ ހައްލުކުރެވޭތޯ ބަލަނީ

18 އޭޕްރީލް 2021 - 15:04 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ނެޝަނަލް އާޓް ގެލެރީގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރު ދޮށުގައި ބަޔަކު ކިޔު ޖެހިގެން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ވެކްސިން ކިޔުތައް ދިގުވާ މައްސަލަ ހައްލުކުރެވޭތޯ ބަލަނީ

18 އޭޕްރީލް 2021 - 15:04 0

ރޯދަ މަހު ވެކްސިން ޖަހައިދޭ ގަޑި އިތުރު ކުރި ނަމަވެސް، ކިޔޫތައް ދިގުވުމަށް ބަދަލެއް އައިސްފައިނުވާތީ، އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ކުރިން އެޗްޕީއޭ އިން ހަމަޖެއްސީ ރޯދަ މަހު ރޭގަނޑު 9-11 އަށް ވެކްސިން ޖަހައިދޭށެވެ. ނަމަވެސް މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ތިބި މީހުން ގިނަވުމުން ވަގުތު ވަނީ 11:45 އާ ހަމައަށް އިތުރުކޮށްފަ އެވެ.

ވަގުތު އިތުރު ކުރުމުން ވެސް، ވެކްސިން ޖަހަން ކިޔޫގައި މަދު ވެގެން ތިން ގަޑިއިރު ހޭދަކުރަންޖެހޭ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެޗްއީއޯސީގެ ތަރުޖަމާނު، ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖެހުމުގައި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އެޗްއީއޯސީ


އަދި ވަރަށް ގިނަ ބައެއްގެ ބައިވެރިވުމާއެކު ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްދާއިރު، ރޯދަ މަހު އެކަން ކުރިއަށް ގެންދިއުމުގައި ވަގުތުގެ ތާށިކަން ފަދަ ދަތިތައް ހުރި ކަން ނަޒްލާ ފާހަގަކުރެއްވި އެވެ.

"ރަމަޟާން މަސްކަމަށްވުމާއެކު ދިމާވާ ދަތި ތަކާއެކު ވެސް ވެކްސިން ޖެހުމުގެ ކަންކަން އޮޕަރޭޓް ކުރަމުން ދާ ޓީމުތަކުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން މި ދަނީ،" ނަޒްލާ ވިދާޅުވި އެވެ.

ބައެއް ވެކްސިނޭޝަން ސެންޓަރުތަކުން ބައެއް މީހުންނަށް އިސްކަންދޭ ކަމުގެ ޝަކުވާތަކަށް ވެސް ނަޒްލާ މިއަދު ވަނީ ރައްދު ދެއްވައިފަ އެވެ.

މިގޮތުން ވިދާޅުވީ ވަކި މުއައްސަސާއަކަށް ނިސްބަތްވާ މީހަކަށް ވެކްސިން ޖެހުމުގައި އިސްކަން ދިނުމުގެ އުސޫލެއް ނޯންނާނެ ކަމަށާއި، އިސްކަން ދޭނީ ހަމައެކަނި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށެވެ.