Advertisement

އޮޑިއެޕް އެސިސްޓެންސް: ލޯންޗު ދަތުރުކުރާ އޮޑިވެރިންނަށް ބޮޑު ފަސޭހައެއް

18 އޭޕްރީލް 2021 - 12:40 3

އަމަން ހަލީމް

އަމަން ހަލީމް

އޮޑިއެޕް އެސިސްޓެންސް: މިއީ އޮޑިވެރިންނަށް މުޅިން ހިލޭ ބޭނުންކުރެވޭ ޕްލެޓްފޯމެއް -- ފޮޓޯ: އޮޑިއެޕް


އޮޑިއެޕް އެސިސްޓެންސް: ލޯންޗު ދަތުރުކުރާ އޮޑިވެރިންނަށް ބޮޑު ފަސޭހައެއް

18 އޭޕްރީލް 2021 - 12:40 3

ކަނޑު ދަތުރުކުރަން މަޖުބޫރު ރާއްޖޭގައި، ދަތުރު ފަތުރު ރޭވިފައި އޮންނަ ހަރުދަނާ ވިއުގައެއް ގާއިމްވެފައެއް ނެތެވެ. ރަށްރަށުން ދަތުރުކުރުމަކީ ތަކުލީފު ބޮޑު ކަމެކެވެ. އެންމެ ބޮޑު މައްސަލައަކީ ފެރީތަކާއި ސްޕީޑްބޯޑްތަކުގެ ދަތުރުގެ ތާވަލް ފެންނާނެ އެކަށީގެންވާ ފަސޭހަ ވަސީލަތެއް ނެތުމެވެ.

މި ހުރިހާ ކަމަކަށް ހައްލު މިހާރު ހޯދައިދެނީ އޮޑިއެޕް އެވެ.

އޮޑިއެޕް އަކީ ރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރާ ސްޕީޑްބޯޓްތަށް ފަސޭހަކަމާއިއެކު މެނޭޖް ކުރަން ތަރައްގީކޮށްފައިވާ ޕްލެޓްފޯމެކެވެ. އެގޮތުން، އޮޑިއެޕް އެސިސްޓެންސް މެދުވެރިކޮށް ލޯންޗްތަކުގެ ބުކިންގެ އިތުރުން ޕޭމެންޓާއި، އަދި ފަސޭހަކަމާއިއެކު އީޓިކެޓް ޕަސެންޖަރުންނަށް އޮޑިވެރިޔާއަށް ފޯރުކޮށްދެވޭނެ އެވެ.

އޮޑިއެޕް އެސިސްޓެންސް: ބުކިން ހެދުމުން ފަސިންޖަރަށް އީ ޓިކެޓެއް ލިބޭނެ -- ފޮޓޯ: އޮޑިއެޕް


އޮޑިއެޕުން ވަނީ އޮޑިއެޕް އެސިސްޓެންސް ޕޯޓަލްގެ އިތުރުން އޮޑިއެޕް އެސިސްޓެންސް މޯބައިލް އެޕްލިކޭޝަން ވެސް ތައާރަފު ކޮށްފަ އެވެ.

އޮޑިއެޕް އެސިސްޓަންސް އަކީ އޮޑިވެރިޔާއަށް މުޅިން ހިލޭ ބޭނުންކުރެވޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ރެޖިސްޓްރީވާ ވިޔަފާރިތަކަށް ހާއްސަ މާކެޓިން އަދި ސޭލްސް ޕިޗްތަކެއް ވެސް އޮޑިއެޕްގެ ފަރާތުން ދޭނެ އެވެ.

އޮޑިއެޕްގެ މަގުސަދަކީ އޮޑިވެރިޔާއަށް ފަސޭހަކަމާއިއެކު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮޑި މެނޭޖްކުރެވޭނެ ވިއުގައެއް ގާއިމްކޮށް ރާއްޖޭގެ އެތެރޭގެ ޓްރާންސްޕޯޓަށް ހަރުދަނާ ބަދަލުތަކެއް ގެނައުމެވެ.

އޮޑިއެޕް އެސިސްޓެންސް: މިއީ ސައްތައިން ސައްތަ ދިވެހި އުފެއްދުމެއް -- ފޮޓޯ: އޮޑިއެޕް


އޮޑިއެޕްގައި ރަޖިސްޓްރީވާން ބޭނުންވާނަމަ ވެބްސައިޓަށް ނުވަތަ ހޮޓްލައިން 9920022 އަށް ގުޅާލައިގެން ކުރިޔަށް ގެންދެވޭނެ އެެވެ.

އޮޑިއެޕް އިން އަންނަނީ އާއްމުންނަށް ޓިކެޓް ނެގޭނެ ޕްލެޓްފޯމެއް ވެސް ގެނެސްދޭން ތައްޔާރު ވަމުންނެވެ.