Advertisement

އިސްރާފު ހުއްޓުވުމަށް އަދަދުގެ "ރޭހުރި"

17 އޭޕްރީލް 2021 - 14:41 0


އިސްރާފު ހުއްޓުވުމަށް އަދަދުގެ "ރޭހުރި"

17 އޭޕްރީލް 2021 - 14:41 0

ޓީވީތަކާއި ނޫސްތަކުގެ ރޯދަ ކޮންޓެންޓްގެ ލިސްޓްގައި ކޮންމެހެން ވެސް ހިމަނަން ޖެހޭ އެއް ބާވަތަކީ، ކައްކާ ޝޯއެކެވެ. "އަދަދަ"ށް ވެސް ވީ އެހެންނެވެ. އެކަމަކު މި ނޫހުން ބޭނުންވީ ކައްކާ ޝޯ ތަފާތު ކޮންސެޕްޓަކަށް ގެނެސްދޭށެވެ.

އެކަމަށް ކުރެވުނު ސައްލާތަކުގެ ތެރެއިން މޮޅު ކޮންސެޕްޓެއްގެ ބުއްދިއެއް ނެރުނީ، "އަދަދު" ގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު މުހައްމަދު ވިޝާމެވެ. އޭނާ ބުނި ގޮތުގައި ރޯދަ މަހަކީ އިސްރާފު ބޮޑު މަހަކަށްވުމާއެކު، އިސްރާފު ކުޑަކުރެވޭނެ ގޮތަކަށް ޝޯއެއް ގެނެސްދިނުން މުހިންމެވެ. ވިޝާމްގެ އެ ހިޔާލުން އުފަންވީ "ރޭހުރި" އެވެ.

ދިވެހި ބަހުގެ ރަދީފުގައި "ރޭހުރި" މި ބަހުގެ މާނައަކީ ރެއަށް ކެއްކި ތަކެތިން ހެނދުނަށް އިތުރުވެފައި ހުރި ތަކެއްޗެވެ. މި ޝޯގެ ކޮންސެޕްޓަކީ ވެސް އެއީ އެވެ. ރެޔަށް ތައްޔާރުކުރި ތަކެތިން ބާކީވި އެއްޗަކުން ރަނގަޅު ކެއުމެއް ތައްޔާރުކޮށްލާނެ ގޮތް ދަސްކޮށްދިނުމެވެ.

ރޭހުރި : އެޕިސޯޑް 1


"ރޭހުރި" ޕްރޮގްރާމްގެ ދެ އެޕިސޯޑް ގެނެސްދެވިއްޖެ އެވެ. ފުރަތަމަ އެޕިސޯޑްގައި ގެނެސްދީފައިވާނީ، ހާރަށް ފަހު ބާކީ ހުރި ބަތުން ތަންދޫރީ ރައިސް ތައްޔާރުކުރާނެ ގޮތެވެ. ދެ ވަނަ އެޕިސޯޑްގައި ގެނެސްދީފައިވާނީ ޗޮކްލެޓް ކަސްޓަޑް މިލްޝޭކް ހަދާނެ ގޮތެވެ. މިއީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ އަނގަޔަށް މީރު ބާވަތްތަކެވެ.

ރޭހުރި : އެޕިސޯޑް 2


ވިލާ ގޭހުން ސްޕޮންސާ ކޮށްފައިވާ މި ޕްރޮގްރާމުގެ 10 އެޕިސޯޑް މި ރޯދަ މަހު ގެނެސްދޭނެ އެވެ.