Advertisement

ނަތީޖާ ގަބޫލުކޮށް އަނަސްގެ އިލްތިމާސްއެއް އެމްޑީޕީއަށް

11 އޭޕްރީލް 2021 - 00:26 0


ނަތީޖާ ގަބޫލުކޮށް އަނަސްގެ އިލްތިމާސްއެއް އެމްޑީޕީއަށް

11 އޭޕްރީލް 2021 - 00:26 0

ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއާ ވާދަކޮށް މިއަދު މާލޭ ސިޓީގެ މޭޔަރުގެ އިންތިހާބުން ބަލިވި އެމްޑީޕީގެ އަނަސް އަބްދުއްސައްތާރު ބަލި ގަބޫލުކުރައްވައި، މާލޭ ރައްޔިތުންގެ މައްޗަށް އެމްޑީޕީ އަލުން ކާމިޔާބު ހޯދަން، އެ ޕާޓީގެ ވިސްނުން އަލުން ރޭވުންތެރިކުރަން ގޮވާލައްވައިފި އެވެ.

މިހާތަނަށް ސާފުވި ނަތީޖާއަށް ބަލާއިރު، މާލެ އަށް އަބަދަށް ފެހި ކަމަށް ބެލެވުނު އެމްޑީޕީގެ މައްޗަށް، ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ކާމިޔާބު ހޯއްދެއްވީ 60 ޕަސެންޓަށް ވުރެ ބޮޑު އަގުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.

މުއިއްޒު އާއި ޕީޕީޕީއެމުން އިންތިހާބު ކާމިޔާބުވިކަން އިއުލާންކޮށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވިތާ އިރުކޮޅެއް ފަހުން އަނަސް ކުރެއްވި ޓްވީޓެއްގައި މާލޭގެ ރައްޔިތުން ބަސް ބުނެފި ކަމަށެވެ.

"އިންތިހާބުގެ ނަތީޖާ އަހަރެން ގަބޫލުކޮށް މުހިއްޒު ހޯއްދެއްވި ކާމިޔާބަށް މަރުހަބާ ކިޔަން،" އަނަސް ޓްވީޓްކުރެއްވި އެވެ.

އެމްޑީޕީ ކޯލިޝަނުން 2018 ގެ ރިޔާސީ އިންތިހާބު އަދި އެމްޑީޕީ އެކަނި ނުކުމެ 2019 ގެ މަޖިލިސް އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރިއިރު އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަނަސް މައިދާނަށް ނުކުމެ ވާދަކުރެއްވި ފުރަތަމަ އިންތިހާބުން ލިބުނު ނާކާމިޔާބީއާ އެކު އޭނާ ވަނީ އެ ޕާޓީ އަށް އިލްތިމާސެއް ކުރައްވައިފަ އެވެ.

"މިރޭގެ ނަތީޖާއަށް އެމްޑީޕީ ބަލައި މާލޭ ރައްޔިތުންގެ މައްޗަށް ކާމިޔާބު ހޯދަން، ޕާޓީގެ ވިސްނުން އެބަޖެހޭ އަލުން ރޭވުންތެރިކުރަން،" އަނަސް ވިދާޅުވި އެވެ. "އަޅުގަނޑަށް ވޯޓު ދެއްވި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."

އެމްޑީޕީ އުފެދުނު ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިހާބަކާއި މަޖިލިސް އިންތިހާބު އަދި ކައުންސިލް އިންތިހާބުތަކުގައި މި ނޫނީ އަބަދުވެސް އެ ޕާޓީން މާލޭން ބޮޑު ކާމިޔާބެއް އައީ ހޯދަމުންނެވެ. މިއަދު މޭޔަރުގެ ގޮނޑި ގެއްލުނުއިރު، ކައުންސިލުގެ މެޖޯރިޓީ ނުލިބޭނެކަން ވެސް މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ.