Advertisement

މާލެއާއެކު އައްޑޫގެ ސުޕަ މެޖޯރިޓީ ވެސް އެމްޑީޕީއަށް ގެއްލިއްޖެ

11 އޭޕްރީލް 2021 - 00:28 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އެމްޑީޕީއިން މާލޭގައި ޕޯސްޓަރުތައް ހަރުކޮށްފައި: އެމްޑީޕީއަށް މާލެ އާއި އައްޑޫގެ ސުޕަ މެޖޯރިޓީ ވަނީ ގެއްލިފައި - ހުސެއިން ވަހީދު | އަދަދު


މާލެއާއެކު އައްޑޫގެ ސުޕަ މެޖޯރިޓީ ވެސް އެމްޑީޕީއަށް ގެއްލިއްޖެ

11 އޭޕްރީލް 2021 - 00:28 0

އެންމެ ބޮޑު ދެ ސިޓީގެ ކައުންސިލްގެ ސުޕަ މެޖޯރިޓީ ގެއްލި، އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މާލެ ސިޓީ އާއި އައްޑޫ ސިޓީގައި މީގެކުރިން މުޅިން ވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ ކަށަވަރު ކުރެ އެވެ. މާލޭގެ މޭޔަރުކަން ވެސް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ނޫނީ ކުރައްވާފައެއް ނެތެވެ.

ނަމަވެސް، މިއަދު ކުރިއަށް ދިޔަ އިންތިހާބުގައި ބޮޑު ދެ ސިޓީގެ ނަތީޖާއިން އެމްޑީޕީއަށް ހައިރާންކަން ވަނީ ގެނުވާފަ އެވެ. އެގޮތުން، މާލޭ ސިޓީގެ 18 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް މިހާތަނަށް ޔަގީން ކުރެވިފައިވަނީ ހަތް ގޮނޑި އެވެ. އިދިކޮޅު، ޕީޕީއެމްއިން ވަނީ މިހާތަނަށް ނުވަ ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އެންމެ ވާދަވެރި، އަދި ބާރުގަދަ މޭޔަރުގެ މަގާމަށް، އެމްޑީޕީގެ އެސްޖީކަން ކުރިން ކުރެއްވި އަނަސް ބަލި ކުރައްވައި ވަޑައިގެންނެވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އައްޑޫ ސިޓީ ކައުންސިލަށް ބަލާއިރު، މޭޔަރުގެ މަގާމު އެމްޑީޕީގެ އަލީ ނިޒާރު ވަނީ ކާމިޔާބު ކުރައްވާފަ އެވެ. އެހެން ނަމަވެސް، ކައުންސިލްގެ 12 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ޔަގީން ކުރެވުނީ ހަ ގޮނޑި އެވެ. އިދިކޮޅު ޕީޕީއެމްއިން ތިން ގޮނޑި ހޯދިއިރު އަމިއްލަ ތިން ކެންޑިޑޭޓަކު ވެސް އިންތިހާބުވެފަ އެވެ.

މިއާއެކު، އަހަރުތަކަކަށް ދަމަހައްޓަމުން އައި އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރެއްވި އަނަސް ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެ، އެމްޑީޕީއިން މާލޭގެ ރައްޔިތުންގެ ތާއިދު އަލުން ހޯދުމަށް ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އައްޑޫ އާއި މާލޭގެ ސުޕަ މެޖޯރިޓީ ގެއްލުނު ނަމަވެސް، އަލަށް އުފެދިގެން ދިޔަ ކުޅުދުއްފުށީ ސިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީއިންނެވެ. ތިންވަނަ ސިޓީ، ފުވައްމުލައް ވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީއިންނެވެ.