Advertisement

ފެބްރުއަރީގެ ނިޔަލަށް ދައުލަތުގެ ރިޒާވުގައި ހުރީ 855 މިލިއަން ޑޮލަރު

3 އޭޕްރީލް 2021 - 05:42 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ: ފެބްރުއަރީ މަހު ދައުލަތުގެ ރަސްމީ ރިޒާވަށް އިތުރުވީ 25 މިލިއަން ޑޮލަރު -- ފޮޓޯ: ހުސެއިން ވަހީދު


ފެބްރުއަރީގެ ނިޔަލަށް ދައުލަތުގެ ރިޒާވުގައި ހުރީ 855 މިލިއަން ޑޮލަރު

3 އޭޕްރީލް 2021 - 05:42 0

މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 855.7 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން މަހަކު އެއް ފަހަރު ނެރޭ "މަންތްލީ ސްޓެޓިސްޓިކްސް"އަށް ބަލާއިރު، ފެބްރުއަރީ މަހު ރިޒާވްއަށް 25 މިލިއަން ޑޮލަރު އިތުރުވި އެވެ. މިއީ ޖެނުއަރީ މަހާ އަޅާ ބަލާއިރު ތިން ޕަސެންޓް ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާ ނަމަ، 13 ޕަސެންޓް ކުރިއެރުމެކެވެ.

މަހުން މަހަށް ރިޒާވް ފައިސާ އިތުރުވީ ނަމަވެސް، މި އަހަރުގެ ތެރޭގައި ރިޒާވް ވަނީ 13 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ހުރީ 984،8 މިލިއަން ޑޮލަރެވެ. އެ އަހަރުގެ ތެރޭގައި އައި އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން ރިޒާވް 569.8 މިލިއަން ޑޮލަރަށް ދަށަށް ވެސް ދިޔަ އެވެ.

ދައުލަތުގެ ރަސްމީ ރިޒާވް ގުނަނީ އެމްއެމްއޭ އާއި ސަރުކާރުގެ އެކައުންތަކުގައި ހުރި ފޮރިން ކަރަންސީ ޑިޕޮސިޓްތަކުގެ އިތުރުން، ކޮމާޝަލް ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާ ރިޒާވް އަދި އައިއެމްއެފްގެ ރާއްޖޭގެ ރިޒާވް ޕޮޒިޝަންގެ އަދަދުތައް އެއްކޮށްލައިގެންނެވެ.