އިންވޮސްއަށް މަކަރު ހަދާތީ ދައުލަތަށް އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މުދާ އެތެރެކުރާއިރު އިންވޮއިސްތަކަށް މަކަރު ހަދައިގެން ނުވަތަ އަންޑަ އިންވޮއިސް ކޮށްގެން މުދާ އެތެރެކުރާތީ، ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ ގެއްލެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވި ގޮތުގައި ކަސްޓަމްސްއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ގެއްލެމުން ދަނީ ވިޔަފާރިވެރިން މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގައި އަަސްލު އަގު ޖަހަމުން ނުދާތީ އެވެ.

"ެއެ ނުލިބޭ ސަބަބަކީވެސް ހަމަ އަންޑަ އިންވޮއިސް ކޮށްގެން، ތިރީސް ޕަސެންޓުގައި، ސާޅީސް ޕަސެންޓުގައި، ފަންސާސް ޕަސެންޓު ގައި އިންވޮއިސް ހަދައިގެން ގިނަ ބަޔަކު އެ އިންވޮއިސް ލުމުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑަށް ގެއްލުމެއް ލިބިގެންދޭ،" ސަލީމް ވިދާޅުވި އެވެ. 

ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ސަލީމް އަންދާޒާ ކުރައްވާ ގޮތުގައި އަންޑަ އިންވޮއިސްކުރާތީ ކަސްޓަމްސްއަށް ޑިއުޓީގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީގެ ތެރެއިން ދެބައިކުޅަ އެއްބައި ނުލިބެ އެވެ. 

"ގާތްގަނޑަކަށް ދޭއް ޕޮއިންޓް ފަހެއް ބިލިއަން އަހަރަކު ދައުލަތަށް ގެއްލިގެން އެބަދޭ އަންޑައިވޮއސް ކޮށްގެން މުދާ އެތެރެކުރުމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ 461 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. މީގެ ތެރެއިން 95 ޕަސެންޓަކީ އިމްޕޯޓް ޑިއުޓީ އެވެ. ދެން ހިމެނެނީ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފަސް ޕަސެންޓާއި އެހެނިހެން ފީތަކެވެ.

އަންޑަ އިންވޮއިސް ކުރުމަކީ ވިޔަފާރީގެ ލިޔެކިޔުންތަކުގައި މުދަލުގެ ނުވަތަ ހިދުމަތުގެ އަގު، ނުވަތަ އަދަދު، ނުވަތަ ފެންވަރު، ހަގީގަތުގައި އެއްބަސްވި ނުވަތަ ދެއްކި އަދަދަށްވުރެ ގަސްދުގައި ކުޑަކޮށް ނުވަތަ މަދުކޮށް އިންވޮއިސްގައި ލިޔުމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox