އިސްލާމީ މަރުކަޒުގެ އިމާމް ލަތީފް އިރާންއަށް ވަރަށް ހަރުކަށިކޮށް ފާޑުވިދާޅުވެއްޖެ

Oct 14, 2026, 10:26 AM
ޝެއިހު ލަތީފް މަގާމަށް އައްޔަން ކުރެއްވި ދުވަހު ރައީސް މުހައްމަދު މުއިއްޒާއެކު -- ފޮޓޯ: ރައީސް އޮފީސް

ޝެއިހު ލަތީފް މަގާމަށް އައްޔަން ކުރެއްވި ދުވަހު ރައީސް މުހައްމަދު މުއިއްޒާއެކު -- ފޮޓޯ: ރައީސް އޮފީސް

އިސްލާމި މަރުކަޒުގެ އިމާމް ޝެއިހް މުހައްމަދު ލަތީފް، އިރާނަށް ވަރަށް ހަރުކަށިކޮށް ފާޑުވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައިފި އެވެ. 

އިރާނުގެ މަގްސަދަކީ ދެ ހަރަމްފުޅުގެ މައްޗަށް ބާރުފޯރުން ކަމަށް، މިނިސްޓަރެއްގެ ފެންވަރުގައި މަރުކަޒުގެ އިމާމަކަށް އައްޔަންކޮށްފައިވާ ލަތީފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. 

"އީރާނުން ބޭނުންވަނީ ދެ ހަރަމްފުޅާއި މުސްލިމުންގެ މުގައްދަސް ބިނާތަކުގެ މައްޗަށް ބާރު ފޯރުވައި، އެ ތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް،" ލަތީފް ވިދާޅުވި އެވެ. "އީރާނު ބޭނުންވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މުޅި ގަލްފު ސަރަހައްދަށް ވެރިވެ، އެމީހުންގެ ބާރު ފޯރުން."

Advertisement

އިރާނުން އިރާގާއި ސީރިޔާ އާއި ލުބުނާނުގެ މައްޗަށް ވެރިވެ އެތަންތަނުގައި އުޅޭ ސުންނީ މުސްލިމުން މަރަމުންދާ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. އަދި އިރާނުގެ ހަގީގީ އަމާޒަކީ ޔަމަން ނޫން ކަމަށާއި އެ ގައުމުން އަސްލު ބޭނުން ވަނީ މައްކާ އާއި މަދީނާ ހިފަން ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. 

"އެހެންކަމުން، މިއީ ފޮރުވިފައިވާ ކަމެއް ނޫން. އެމީހުން ފާޅުގައި ބުނަމުންދާ ގޮތުގައި، އެމީހުންގެ ހަގީގީ އަމާޒަކީ ޔަމަނެއް ނޫން؛ އޭގެ ބަދަލުގައި އެމީހުންގެ މައިގަނޑު މަގުސަދަކީ މައްކާއާއި މަދީނާ،" ސައުދީ އަރަބިއްޔާއިން ތައުލީމް ހާސިލް ކުރެއްވި ލަތީފް ވިދާޅުވެފައިވެ އެވެ. 

އޭގެ އިތުރުން، ޝީއީންނަށް ވެސް ލަތީފް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝީއީންނަކީ މުސްލިމުންގެ ނަމުގައި ތިބެ އިސްލާމް ދީނަށް ގެއްލުންދޭން މަސައްކަތް ކުރާ ބަޔެއް ކަމަށެވެ. 

"އެމީހުން އުފެދުނީއްސުރެ މިއަދާހަމައަށް މުސްލިމުންގެ ނަމުގައި ތިބެމެ އިސްލާމްދީނަށް ދިން ގެއްލުމެއް ދިނީ ހަމަ އެމީހުންކަމާމެދު އެމީހުންގެ ހަގީގަތް ދަންނަ އެކަކުވެސް އިންކާރެއް ނުކުރާނެއެވެ. އެމީހުންގެ ނުބައިކަމަށް އަބޫބަކުރުގެފާނާއި އުމަރުގެފާނާއި އުސްމާނުގެފާނާއި އާއިޝަތުގެފާނާއި މަދު ސަހާބީބޭކަލަކު ފިޔަވައި އެބޭކަލުން ކާފަރުކޮށް، އުއްމުލްމުއުމިނީނަ އާއިޝާ ރަޟިޔަ ﷲ އަންހާއަށް ޒިނޭކުރިކަމުގެ ތުހުމަތު ފުދޭ،" އޭނާ ވިދާޅުވެފައިވެ އެވެ. 

އިރާނަށް ޝެއިހް ލަތީފް ވަރަށް ހަރުކަށިކޮށް ފާޑުވިދާޅުވިއިރު، މީގެ ކުރިން އިރާން އާއި ރާއްޖެއާ ދެމެދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މައްސަލަޖެހިފަ އެވެ. އެއީ ސައުދީ އަރަބިއްޔާގެ ޕްރެޝަރަށް ރާއްޖެއިން މެއި، 2016، ގައި އިރާންއާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުންނެވެ. 

އިރާންއާއެކު ރާއްޖެއިން އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރީ އެ ގުޅުން ކަނޑާލިތާ ހަތް އަހަރު ފަހުން ސެޕްޓެމްބަރު، 2023، ގަ އެވެ. 

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox