ނިކޮޓިން ޕައުޗް: ޑަބްލިއުއެޗްއޯ އާއި އެފްޑީއޭގެ ހިޔާލު ތަފާތު، ރާއްޖެއިން ތަބާވާންވީ ކޮން ބަޔަކަށް؟

Sep 13, 2026, 10:29 AM
ނިކޮޓިން ޕައުޗްތަކެއް: މިފަދަ ބާވަތްތައް ހުއްދަކޮށްގެން ސްވިޑެންގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައި -- ފޮޓޯ: ހެންރީ ފޯޑް ހެލްތު

ނިކޮޓިން ޕައުޗްތަކެއް: މިފަދަ ބާވަތްތައް ހުއްދަކޮށްގެން ސްވިޑެންގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައި -- ފޮޓޯ: ހެންރީ ފޯޑް ހެލްތު

ނިކޮޓިން ޕައުޗްތަކާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ގެންގުޅޭ ސިޔާސަތުތަކުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. 

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނިކޮޓިން ޕައުޗަކީ ޒުވާނުންގެ ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް އިންޒާރު ދެމުންދާއިރު، އެމެރިކާގެ އެފްޑީއޭ އިން ވަނީ ސައިންޓިފިކް ހޯދުންތަކަށް ބިނާކޮށް މިއީ ސިއްހީ ނުރައްކާތެރިކަން ކުޑަ އުފެއްދުމެއްގެ ގޮތުގައި ކަނޑައަޅައި ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. މި

ދެ އިދާރާގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އާދައިގެ ސިނގިރޭޓަކީ އެންމެ ނުރައްކާތެރި އުފެއްދުން ކަމަށާއި ނިކޮޓިން ޕައުޗް ފަދަ ތަކެއްޗަކީ އޭގެ ނުރައްކާ ނިސްބަތުން ކުޑަ ވަސީލަތްތަކެއް ކަމަށް ދެ ފަރާތުން ވެސް އެއްބަސްވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން 2026 ވަނަ އަހަރަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކެމްޕޭނުގައި އެންމެ ބޮޑު އިސްކަމެއް ދިނުމަށް ނިންމާފައިވަނީ ނިކޮޓިން ޕައުޗްގެ ނުރައްކަލާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ. ނަމަވެސް އެމެރިކާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޒުވާނުންގެ މެދުގައި މިފަދަ ތަކެތި ބޭނުންކުރާ މިންވަރު ހުރީ ވަރަށް ދަށް މިންވަރެއްގަ އެވެ.

އެގޮތުން 2025 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގެ ޒުވާނުން ނިކޮޓިން ޕައުޗް ބޭނުންކުރާ މިންވަރު ހުރީ އެންމެ 1.7 އިންސައްތައިގަ އެވެ. މިއީ ފާއިތުވި އަހަރުތަކުގައި އެއްވަރެއްގައި ހިފެހެއްޓިފައިވާ އަދަދެއްކަން އެ ގައުމުގެ ތަފާސްހިސާބުތަކުން ސާފުވެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމުގައި ސްވިޑަންއިން ހޯދާފައިވާ ކާމިޔާބީއަކީ މި ދާއިރާގައި ފާހަގަކޮށްލެވޭ ނަމޫނާއެކެވެ. ސްވިޑަންއިން ވަނީ ސިނގިރޭޓަށްވުރެ ނުރައްކާ ކުޑަ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޕައުޗް، ވޭޕް އަދި ސްނޫސް ފަދަ ތަކެއްޗަށް ފުރުސަތު ދީފަ އެވެ. މީގެ އިތުރުން އެ ގައުމުން ވަނީ އާދައިގެ ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށް، މީހުން ދުންފަތާ ދުރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފަ އެވެ. މި ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ސްވިޑަންއަކީ މިހާރު މުޅި ޔޫރަޕްގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން އެންމެ މަދު އަދި ދުންފަތާ ގުޅުންހުރި ބަލިތައް އެންމެ މަދުން ފެންނަ ގައުމެވެ.

ދިވެހިރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް އަމަލުކުރަމުން އައީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިރުޝާދުތަކަށެވެ. ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ދުންފަތުގެ ވިޔަފާރި ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ރާއްޖޭގައި އަދިވެސް ހުރީ ކަންބޮޑުވާންޖެހޭ މަތީ މިންވަރެއްގަ އެވެ.

މިކަމުގެ ސަބަބުން ސިއްހީ ނިޒާމަށް ކުރާ ބާރު ބޮޑުވެފައިވާއިރު، ދުނިޔޭގެ އެހެން ގައުމުތަކުން ގެންގުޅޭ ކާމިޔާބު ސިޔާސަތުތަކަށް ބަލައިގެން ރާއްޖޭގެ ދުންފަތް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް މުރާޖާކުރުމުގެ މުހިންމުކަން މިހާރު ވަނީ ބޮޑުވެފަ އެވެ.

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox