ސްވިޑަންގެ ސްކޫލެއްގައި ކަނޑިއަކުން ހަމަލާދީ މީހަކު މަރާލައިފި

Aug 22, 2026, 8:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ސްވިޑަންގެ ހައި ސްކޫލެއްގައި ކަނޑިއަކުން ހަމަލާދީ އެކަކު މަރާލައި، އިތުރު ތިން މީހަކު ޒަހަމްކޮށްލި 18 އަހަރުގެ ފިރިހެނަކަށް ފުލުހުން ބަޑިޖަހައި ހައްޔަރުކޮށްފި އެވެ.

ހުކުރު ދުވަހު ހިނގި މި ހާދިސާގައި ހަމަލާދިން މީހާއަކީ އެ ސްކޫލުގެ ކުރީގެ ދަރިވަރެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި، ގާތްގަނޑަކަށް 13،000 މީހުންގެ އާބާދީއެއް އޮންނަ ސްވިޑަންގެ މެދުތެރޭ ރަށެއް ކަމަށްވާ ފަގަރްސްޓާގައި ހުންނަ ބްރިނެލް ހައި ސްކޫލުގަ އެވެ.

މި ހާދިސާ ހިނގިއިރު، ސްކޫލްތައް ހޫނު މޫސުމުގެ ބަންދަށްފަހު އަލުން ހުޅުވިތާ މާގިނަ ދުވަހެއް ނުވެ އެވެ. އަދި ބައެއް ދަރިވަރުންނަށް އެއީ ސްކޫލުގެ ފުރަތަމަ ދުވަހެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، މީހަކު މެރުމުގެ ތުހުމަތުގައި ފުލުހުން ބަޑިޖަހައި ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ޓޮމީ އަލްރިކްސަން ވިދާޅުވީ، 16 އަހަރާއި 20 އަހަރާ ދެމެދުގެ 450 ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލަށް ހަމަލާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަރަށް އަވަހަށް އެތަނަށް ދިޔަ ކަމަށެވެ.

"ފުރަތަމަ ދިޔަ ޕެޓްރޯލް ޓީމު ސްކޫލަށް ވަދެ، ބަޑިޖަހައި ހަމަލާދިން މީހާ ކޮންޓްރޯލްކޮށްފައިވާ ކަމުގެ މައުލޫމާތު ދިން،" އޭނާ ވިދާޅުވި އެވެ.

ސްވިޑަންގެ ދައުލަތުގެ މީޑިއާ، އެސް.ވީ.ޓީ އިން ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހެލްމެޓެއް އަޅައިގެން ކަނޑިއެއް ހިފައިގެން ހުރެ ހަމަލާދިން މީހާއަކީ އެ ސްކޫލުގެ ކުރީގެ ދަރިވަރެކެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް މާރާމާރީގެ މައްސަލައެއްގައި ކުށް ސާބިތުވެފައިވާ މީހެއް ކަމަށް އެ ނޫހުން ބުނެ އެވެ.

އެ ސަރަހައްދުގެ ސިއްހީ އިދާރާތަކުން ބުނި ގޮތުގައި، މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން ދެ ކުދިންނަކީ ފުރާވަރުގެ ފިރިހެން ކުދިންނެވެ. އެ ދެ ކުދިންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އަނިޔާވި ތިންވަނަ މީހާ މިހާރު ވަނީ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

ފަހުގެ ޚަބަރު

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާސިއާންގެ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވޭ: އޭޑީބީ

ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭޑީބީގެ ރިޕޯޓަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، ސަރުކާރުތަކުގެ ބަޖެޓުން މި ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޭންކުން ފާހަގަކުރެއެވެ.

މައްސަލަ ތަހުގީގުކުރަން އެންވީޑިއާއިން ލޯ ފާމްތަކަކާ ހަވާލުކޮށްފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގުޅުން ބޭއްވި މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ވަރުގަދަ ލޯ ފާމަކާ އެކުންފުނިން ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެފްބީއައި އިން ވެސް ތަހުގީގެއް ފަށާފައިވާއިރު، އެންވީޑިއާގެ ބާޒާރުގެ އަގުން 500 ބިލިއަން ޑޮލަރު ވަނީ ވެއްޓިފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox