މުއިއްޒުގެ ވައުދަށް އަހަރެއް ވީއިރު ވިލުފުށީ 100 ގޭގެ ފެނާއި ނަރުދަމާ އެޅުން ސާވޭ މަރުހަލާގައި

Aug 19, 2026, 9:25 AM
ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް.

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް.

ތ. ވިލުފުށީގައި އިމާރާތްކޮށް ނިމި ނަމަވެސް ދޫނުކުރެވި ހުރި 100 ހައުސިން ޔުނިޓުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގެ މަސައްކަތް "މިއަހަރު ނިމެންވާއިރަށް" ނިންމަވައިދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިތާ އަހަރެއް ވާން ކައިރިވެފައިވަނިކޮށް، އެ މަޝްރޫއުގެ ސާވޭއާއި ޑިޒައިން އަދި ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު (އީ.އައި.އޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވިލުފުށްޓަށް ކުރެއްވި ދަތުރުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ، އެ ހައުސިން ޔުނިޓުތަކަށް ކަރަންޓާއި ފެނާއި ނަރުދަމާ ގުޅައިދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"އެންމެ ލަސްވެގެން މި އަހަރު [2025] ނިމެންވާއިރަށް، ބާކީ މިއޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި، އެކަން ކޮށް ނިންމައިދޭނަން އިރާދަކުރެއްވިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، 2025 ވަނަ އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވި ވައުދާ އެއްގޮތަށް ކަންކަން ނުގޮސް، އޭގެ އަހަރެއްހާ ދުވަސް ފަހުން އަދި ކިރިޔާ މިއުޅެނީ މަޝްރޫއުގެ ސާރވޭއާއި ޑިޒައިންގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަރުޙަލާގަ އެވެ.

ފެނަކަ ކޯޕަރޭޝަނުން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި މަޝްރޫއުގެ ސާވޭ، ޑިޒައިން އަދި އީ.އައި.އޭ ހަދައިދިނުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސުތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ.

ބީލަމުގެ ތާވަލުގެ ތަފްސީލު:

  • ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން: 19 އިން 23 އޮގަސްޓް 2026
  • މައުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްއިން): 20 އޮގަސްޓް 2026
  • އަންދާސީ ހިސާބު ހުށަހެޅުން: 24 އޮގަސްޓް 2026 (13:00 މެންދުރު)

މި ތާވަލަށް ބަލާއިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިދާރީ އަދި ފަންނީ ކަންކަން ނިންމުމަށް އަދިވެސް ގިނަ ދުވަސްތަކެއް ނަގާނެ އެވެ. އެ މަސައްކަތްތައް ނިންމައި އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. 

2025 ގައި ނިންމަން ވައުދުވި ވިލުފުށީ ގެތަކުގެ އަސާސީ ހިދުމަތްތައް ގުޅުމުގެ މަސައްކަތް ނުވެސް ފަށާ

"މިއީ އިންތިހާބަށް ކުރާ ކަމެއް. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް ގާތްގަނޑަކަށް ނިމިފައި ހުރި ގެތަކުގެ އަސާސީ ހިދުމަތްތައް ގުޅާނުލެވި ދެ އަހަރު ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިމާރާތްކޮށް ނިންމާފައި ހުރި 100 ގޭގެ ފެނާއި ނަރުދަމާ އެޅުމުގެ އިތުރުން، މި ސަރުކާރުން އިތުރު 100 ހައުސިން ޔުނިޓު ވިލުފުށީގައި އަޅައިދޭނެ ކަމަށް މުއިއްޒު މިދިޔަ އަހަރު އިއުލާނު ކުރި އެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދެ އެވެ. އަދި އެ ރަށުގެ އެހެން މަޝްރޫއުތައް ވެސް ހުރީ ހުއްޓިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox