މަގުއްދުވާ ވިއްކާލުމުގެ މުއާމަލާތާ ގުޅޭ މައުލޫމާތު ހޯދުމަށް ހުށަހަޅައިފި

ގދ. މަގުއްދުވާގައި ތަރައްގީކޮށްގެން ހިންގާ އަޔާޑާ މޯލްޑިވްސް

ގދ. މަގުއްދުވާގައި ތަރައްގީކޮށްގެން ހިންގާ އަޔާޑާ މޯލްޑިވްސް

ޓޫރިޒަމް ތަރައްގީކުރާ ޕަބްލިލް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގަމުން އަންނަ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލަން މަސައްކަތް ކުރަމުންދާތީ އެކަމުގެ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ. 

މި ކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އައިޑެނިޒް ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެއްބަސްވުމުގެ މުއްދަތު ހަމަ ނުވަނީސް އެ ކުންފުނީގެ ނަން މައްޗަށް ހެޑްލީޒް ބަދަލުކުރާށެވެ. ނަމަވެސް އެމްޓީޑީސީގެ މެނޭޖުމަންޓުން ވަނީ އެކަމާ ދެކޮޅު ހަދާ، ރަށުގެ ހެޑްލީސް ވިއްކާނުލާނެ ކަމަށް ބުނެފަ އެވެ

އެފަދަ މުއާމަލާތެއްގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް ދާދިފަހުން ވަނީ އެމްއައިޓީޑީސީގެ އެންމެ އިސް މަގާމަށް ވެސް ބަދަލެއް ގެނެސްފަ އެވެ. އަހުމަދު ނިޔާޒު ވަކިކުރުމަށްފަހު މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ހަފްތާގެ ތެރޭގައި ވަނީ ހާރިސް މުހައްމަދު އައްޔަނުކޮށްފަ އެވެ. 

އެ ކުންފުންޏަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވަނީ އެފަދަ މަޝްވަރާއެއް ކޮށްފައިވަނީ ކޮން ބަޔަކާއެކުތޯ ސާފުކުރަން އެދިފަ އެވެ. ހެޑްލީސް ވިއްކާލުމުގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުން ކުރާނެ އަސަރުތައް ދެނެގަތުމަށް އެއްވެސް ދިރާސާއެއް ހަދާފައިވާނަމަ އެ ދިރާސާއެއް ހިއްސާކޮށްދިނުމަށް ވެސް ކުޑޫ ވަނީ އެދިފަ އެވެ. 

މަގުއްދުވާއަކީ 2006 އިން ފެށިގެން 25 އަހަރުގެ މުއްދަތަކަށް އެމްޑީޓީސީއަށް ކުއްޔަށްދޫކޮށްފައިވާ ރަށެކެވެ. އެ ކުންފުނިން މި ރަށް އައިޑެނިޒް ކުންފުންޏަށް ސަބްލީސް ކުރީ ޖެހިގެން އައި އަހަރުގައި އެވެ. އައިޑެނިސް ކުންފުނިން މި ރަށް ފަސް ތަރީގެ ފެންވަރުގައި ތަރައްގީކޮށް "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި އޮޕަރޭޓުކުރަން ފެށީ 2011 ގައި އެވެ.

އެމްޑީޓީސީ އާއި އައިޑެނިޒް ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ ސަބްލީސް އެއްބަސްވުމުގެ ދަށުން ރިސޯޓުގެ ސަބްލީސް ކުއްޔަކީ ސޮއިކުރާއިރު 303،506 ޑޮލަރުން ފެށިގެން ބޮޑުވަމުން ބޮޑުވަމުން ގޮސް ކޮންމެ ކުއާޓަރެއްގައި 1،221،036 (1.2 މިލިއަން) ޑޮލަރަށް ދައްކަން ޖެހޭ ގޮތަށެވެ. މި ސަބްލީސް އެއްބަސްވުމުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ ހެޑްލިސް އެއްބަސްވުން ހަމަވާ 2031 ގައި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox