މޮރޮކޯ ކުރިއަށްދިއުމަކީ މިހާރު ސަޕްރައިޒެއް ނޫން ކަމަށް ބުނެފި

Jul 5, 2026, 6:13 PM
މޮރޮކޯގެ ކޯޗު މުހައްމަދު އުއާބީ

މޮރޮކޯގެ ކޯޗު މުހައްމަދު އުއާބީ

ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 5) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މޮރޮކޯ އިން ކުރިއަށްދިއުމަކީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި "ސަޕްރައިޒެއް"ގެ ގޮތުގައި ބެލެވޭނެ ކަމެއް ނޫން ކަމަށް މޮރޮކޯގެ ކޯޗު، މުހައްމަދު އުއާބީ ބުނެފި އެވެ. 

މޮރޮކޯ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ގަދަ 16 ބުރުގެ މެޗުގައި މުބާެރާތުގެ އެއް ހޯސްޓް ކަމަށްވާ ކެނަޑާ އަތުން 3-0 އިން މޮޅުވެގެންނެވެ. މި މެޗުގައި މޮރޮކޯ އިން ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. 

ގަތަރުގައި މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު މޮރޮކޯ އިން މި ފަހަރުގެ މުބާެރާތަށް ކުރިމަތިލީ ތަފާތު ކޯޗަކާ އެކު އެވެ. އެންމެ ފަހުން، ބޭއްވި ވޯލްޑް ކަޕްގައި މޮރޮކޯ އަށް އިރުޝާދުދިން ވަލީދު ރެގްރާގީ މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ފަހު މަގާމުން ވަކިވި އެވެ. އެހެންވެ، މޮރޮކޯ އިން އެ ޓީމު ހަވާލުކުރީ މޮރޮކޯ އަށް 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު އުއާބީއާ އެވެ. 

Advertisement

އުއާބީ ބުނީ، މޮރޮކޯ އިން ދުނިޔޭގެ ފުޓްބޯޅައިގައި މި ހޯދަމުން އަންނަ ކުރިއެރުންތަކާ ގުޅިގެން އެ ޓީމާ މެދު މީހުންގެ އުންމީދުތައް ވެސް މަތިވެފައިވާ ކަމަށެވެ. 

"އަހަރެމެން މި ހޯދާ ކުރިއެރުންތަކާއި ކާމިޔާބީތަކަކީ ސަޕްރައިޒް ޕެކޭޖުތަކެއް ނޫން. އެހެންވީމަ، ގިނަ ބަޔަކު އުންމީދުކުރޭ އަހަރެެމެން މުބާރާތްތަކުގައި ދުރަށް ދަތުރުކުރާނެކަމަށް. އަހަރެން ބުނާނީ އަހަރެެމެން މި މަސައްކަތް ދިގު މުއްދަތަކަށް ކުރިއަށްގެންދަން ޖެހެއޭ،" އުއާބީ ބުންޏެވެ. 

މޮރޮކޯ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެން ޖެހޭނީ ފްރާންސްއާ އެވެ. ގަަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުން މޮޮރޮކޯ ބަލިވީ ފްރާންސް އަތުންނެވެ. މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރަން ޖެހުމުން، މިއީ ބަދަލުހިފުމުގެ ރޫހެއްގައި ކުރިމަތިލާނެ މެޗެއްތޯ ސުވާލުކުރުމުން އެ އަށް އުއާބީ ޖަވާބު ދީފައިނުވެ އެވެ. 

"އަމާޒަކީ ދެވޭ އެންމެ ދުރަށް ދިއުން،" އުއާބީ ބުންޏެވެ. 

އުއާބީ ބުނީ ވޯލްޑް ކަޕެއްގައި ކުރިއަށްދެވޭނީ ވަރަށް އުނދަގުލުން ގިނަ ހަރުފަތްތަކެއް ގިރާކޮށްގެން ކަމަށާއި ކޮންމެ ކަމަކީ. ވެސް ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox