އުޒްބެކިސްތާން ބަލިކޮށް ކޮލަމްބިއާ އަށް ރަނގަޅު ފެށުމެއް

Jun 18, 2026, 9:02 AM
އުޒްބެކިސްތާން ކޮޅަށް ލަނޑު ޖެހުމަށް ފަހު ކޮލަމްބިއާގެ ޑިއާޒް އުފާފާޅުކުރަނީ.

އުޒްބެކިސްތާން ކޮޅަށް ލަނޑު ޖެހުމަށް ފަހު ކޮލަމްބިއާގެ ޑިއާޒް އުފާފާޅުކުރަނީ.

މެކްސިކޯ ސިޓީ، މެކްސިކޯ (ޖޫން 18) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރި އުޒްބެކިސްތާން 3-1 އިން ބަލިކޮށް ކޮލަމްބިއާ އިން މި ފަހަރުގެ މުބާރާތް ރަނގަޅު މޮޅަކުން ފަށައިފި އެވެ. 

މިއީ، ކޮލަމްބިއާ އިން ވޯލްޑް ކަޕްގައި ކުޅޭ ހަތް ވަނަ ފަހަރެވެ. އަދި، އެ ޓީމުން ވޯލްޑް ކަޕަށް އެނބުރި މި އައީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެ އޮތުމަށް ފަހު އެވެ. 

އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ޓީމުގެ ކެޕްޓަން،  ފަބިއޯ ކަނަވާރޯގެ ކޯޗުކަމުގައި ކުޅޭ އުޒްބެކިސްތާނުން ވަނީ ޖުމްލަކޮށް ބަލާއިރު ކޮލަމްބިއާ ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މެކްސިކޯގެ މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކޮލަމްބިއާ އިން ލީޑުނެގީ 40 ވަނަ މިނިޓްގަައި ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ފުލްބެކް، ޑެނިއަލް މުނޯޒް ޖެހި ގޯލެެކެވެ. ޑިއާޒް ދިން ބޯޅައަކުން މުނޯޒް ޖެހި މި ލަނޑާ އެކު ހޯދި ލީޑާ އެކު ކޮލަމްބިއާ އިން ފުރަތަމަ ހާފު ކުރީގައި އޮވެ ނިންމާލި އެވެ. 

ދެ ވަނަ ހާފުގައި ކުޅެން އަރައި، 60 ވަނަ މިނިޓްގައި އުޒްބެކިސްތާނުން އެއްވަރުކުރި އެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ އަބޯސްބެކް ފަޒުލައޭވް އެވެ. އުޒްބެކިސްތާނުން މި ލަނޑާ އެކު އެއްވަރުކުރި ނަމަވެސް، މާ ގިނައިރު ނަތީޖާ ހަމަހަމަކޮށް ބޭއްވޭ ގޮތެއްނުވި އެވެ. އެއީ، އެއްވަރުކުރިތާ ފަސް މިނިޓް ފަހުން އަލުން ކޮލަމްބިއާ އިން ލީޑުނެގުމެވެ. ގުސްޓާވޯ ޕުއޭޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑިއާޒް އެވެ. 

އުޒްބެކިސްތާނުން ދެ ވަނަ ފަހަރަށް އެއްވަރުކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް އެ ޓީމަށް ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއްނުވި އެވެ. ނަތީޖާ އަކަށްވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، ކޮލަމްބިއާ އިން އިތުރު ގޯލެއް ޖެހުމެވެ. އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގައި މި ލަނޑު ޖެހީ ޖަމިންޓަން ކަމްޕާޒް އެވެ. ހެނާންޑޭޒް ނަގައިިދިން ހުރަހަކުން ކަމްޕާޒް ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ. 

އޭގެ ފަހުން، އުޒްބެކިސްތާންގެ ބެހްރޫޒް ކަރީމޯވް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox