ފަހު ވަގުތު ލަނޑު ޖަހައި ގާނާ އިން ޕެނަމާ ބަލިކޮށްފި

Jun 18, 2026, 6:50 AM
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގާނާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގާނާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޓޮރޮންޓޯ (ޖޫން 18) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފަހު ވަގުތު ގޯލު ޖަަހައި ގާނާ އިން 1-0 އިން ޕެނަމާ ބަލިކޮށް މުބާާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. 

މި ދެ ޓީމު ހިމެނޭ ގްރޫޕްގެ ފުރަތަމަ މެޗުން އިންގްލެންޑުން ވަނީ 4-2 އިން ކްރޮއޭޝިއާ ބަލިކޮށްފަ އެވެ. ގާނާ އާއި ޕެނަމާ ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ނަތީޖާ ނެރުނު ގޯލު ފެނިގެންދިޔައީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގަ އެވެ. 

ޓޮރޮންޓޯގައި ކުރިއަށްދިޔަ މި މެޗަށް ބަލާއިރު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޕެނަމާ އިން ދިޔައީ ލިބޭ ފުރުަސަތުތަކުގައި ބޯޅަ ހިފަހަައްޓައިގެން ކުޅެ، އެ ޓީމަށް ގޯލެއް ޖެހޭތޯ ކުރެވޭ މަސައްކަތްތައް ރަނގަޅު ކުރަމުންނެވެ. އަނެއްކޮޅުން، މިދިޔަ އޭޕްރީލް މަހު ގާނާގެ ކޯޗުކަމާ ހަވާލުވި ޕޯޗުގަލްގެ ކާލޯސް ކުއެރޯޒްގެ ބެލުމުގެ ދަށުން ކުޅެމުންދިޔަ ގާނާ ޓީމަށް ކޮންމެ ވެސް ވަރެއްގެ ފުރުސަތުތަކެއް  ލިބޭ ގޮތްވީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. 

ކްރޮއޭޝިއާ އާއި އިންގްލެންޑް، ހިމެނޭ ގްރޫޕްގައި ވާދަކުރާ ދެ ޓީމު ކަމަށްވާތީވެ، މި މެޗަކީ މި ގްރޫޕުން ތިން ވަނަ ހޯދައިގެން، ދެން އޮތް ބުރަށް ދިއުމަށްޓަަަކައި ވެސް ދެ ޓީމަށް މުހިންމު މެޗެކެވެ. އެ ގޮތުން، މެޗުގެ ފަހު ވަގުތުގައި ރަަނގަޅަށް މަސައްކަތްކޮށް ގާނާ އިން ވަނީ ލަނޑު ޖަހައިފަ އެވެ.

އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ލަނޑު ކާމިޔާބުކުރީ، ކަލެބް ޔިރެކްންޔީ އެވެ. އޭނާ އަށް ލިބުނު ފުރުސަތުގައި ވަރަށް ރަނގަޅަށް ބަލާލުމަށް ފަހު ގޯލު ކާމިޔާބުކުރި އެވެ. ޔިރެންކްޔީގެ މި ލަނޑުގައި އެ ޓީމުގެ ބްރެންޑަން ތޯމަސް-އަސާންޓޭ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ. 

ޕެނަމާ އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުން ވެސް ބަލިވިއިރު، އަލުން މުބާރާތަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުން ވެސް މި ވަނީ ބަލިވެފަ އެވެ. އެ ފަހަރު ޕެނަމާ ވާދަކުރަން ޖެހުނީ، ބެލްޖިއަމް، އިންގްލެންޑް އަދި ޓިއުނީޝިއާއާ އެވެ. މި ފަހަރުގެ މުބާރާތުގައި ވެސް އިންްގްލެންޑާ ދެކޮޅަށް ގްރޫޕްގައި ކުޅެން ޖެހޭނެ އެވެ. 

އަނެއްކޮޅުން މިއީ ގާނާ އިން އެ ޓީމުގެ މުހިންމު ތަރި ތޯމަސް ޕާޓޭ ނުލައި ކުޅުނު މެޗެކެވެ. ޕާޓޭ އަށް މި މެޗު ގެއްލުނީ ކެނަޑާ ވިސާ ހަަމަނުޖެހުމުންނެވެ. މެޗަށް ފަހު ކުއެރޯޒް ވަނީ ގާނާ އަށް އެކި ގޮތްގޮތުން ދިމާވި ގޮންޖެހުންތަކަށް ފަހު ވެސް މެޗުން މޮޅުވެވުނީތީވެ އުފާކުރާ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox