ހާލަންޑު ތަފާތު ދައްކައި ވޯލްޑް ކަޕަށް ނޯވޭގެ އެނބުރި އައުން އުފާވެރިކޮށްދީފި

Jun 17, 2026, 5:05 AM
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިރާގާއި ނޯވޭ ކުޅުނު މެޗުގެ ތެރެއިން،

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިރާގާއި ނޯވޭ ކުޅުނު މެޗުގެ ތެރެއިން،

ބޮސްޓަން, ޔުނައިޓެޑް ސްޓޭޓްސް (ޖޫން 17) - އާލިން ބްރައުޓް ހާލަންޑްގެ ލަނޑުތަކާ އެކު, 4-1 އިން އިރާގު ބަލިކޮށް, ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް 28 އަހަރު ފަހުން އެނބުރި އައި މެޗުން ނޯވޭ މޮޅުވެއްޖެ އެވެ. 

މިއީ، 1998 ވަނަ އަހަރު ފްރާންސްގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ނޯވޭ އިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ނޯވޭ އިން ވޯލްޑް ކަޕަށް އައީ އިޓަލީ އޮތް ގްރޫޕެއްގެ އެއް ވަނަ ހޯދައިފަ އެވެ. 

އަނެއްކޮޅުން، މިއީ، 40 އަހަރަށް ފަހު، އިރާގުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ. އިރާގުން އެންމެ ފަހުން ވޯލްޑް ކަޕްގައި މެޗެއް ކުޅެފައިވަނީ، 1986 ވަަނަ އަހަރު މެކްސިކޯގައި ކުރިއަށްދިޔަ މުބާރާތުގަ އެވެ. 

Advertisement

ވޯލްޑް ކަޕް ކޮލިފައިންގައި، އެންމެ ގިނަ ގޯލު ޖެހި ނޯވޭ އިން ވޯލްޑް ކަޕްގައި ފުރަތަމަ ލަނޑު ޖެހީ ފުރަތަަމަ މެޗު ފަށައިގެން 29 ވަނަ މިނިޓްގަ އެވެ. މިއީ، ޑޭވިޑް މޮލާ ވޯލްފާ ނަގައިދިން ހުރަހަކަށް އޭރިއާތެރެއިން އަރައި، ހާލަންޑް ޖެހި ގޯލެކެވެ. އެކަމަކު، މި ލަނޑު ޖަހައިގެން ލީޑުގައި ނޯވޭ އަށް މާ ގިނައިރު އޮވެވޭ ގޮތެއްނުވި އެވެ. 

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިރާގާއި ނޯވޭ ކުޅުނު މެޗުގެ ތެރެއިން: އިރާގުގެ ކެޕްޓަން އައިމަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިރާގާއި ނޯވޭ ކުޅުނު މެޗުގެ ތެރެއިން: އިރާގުގެ ކެޕްޓަން އައިމަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެޗުގެ 39 ވަނަ މިނިޓްގައި، އިރާގުގެ ކެޕްޓަން، އައިމަން ހުސެއިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ، އަމީރު އަލް އައްމާރީ ނަގައިދިން ހުރަހަކުން އައިމަން ބޮލުން ޖެހި ގޯލެކެވެ. ނަތީޖާ ހަމަހަމަކޮށްލައިގެން އިރާގަށް ހާފު ނިންމާލެވޭ ގޮތެއްނުވީ އެ ޓީމުގެ ފަހަތުން ހެދުނު ގޯހަކުންނެވެ. އެ ގޮތުން، އިރާގުގެ ކީޕަރު، ޖަލާލް ހުސެއިން ޖެހި ބޯޅައަކަށް އަރައި، ހާލަންޑް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. 

އިރާގަށް ދެ ވަނަ ލަނޑެއް ޖަހައިދޭން، އަކަމް ހަޝީމް، އޭރިއާބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. 

ދެ ވަނަ ހާފުގައި ނޯވޭ އިން މެޗުގެ ކޮންޓްރޯލް ނަގައިގެން ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގައި ނޯވޭ އިން ތިން ވަނަ ލަނޑެއް ޖެހީ މެޗުގެ 76 ވަނަ މިނިޓްގަ އެވެ. މިއީ، މާޓިން އޮޑެގާޑް ނެގި ބޯޅައަކުން ލެއޯ އޮސްޓިގާޑް ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން، ހާލަންޑަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތެއްގައި އޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު، ޖަލާލް ވަނީ މަތަކޮށްފަ އެވެ. 

އޭގެ ފަހުން، ނޯވޭގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި، އިރާގުގެ އައިމަން އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox