އަރި ޒޯނުގައި މެލިއާ، ލިލީ ބީޗް އަދި ކޮންރަޑްގެ ފެށުން ރަނގަޅު

Jun 15, 2026, 3:46 PM
މިހާރު ކުރިއަށްދާ ރިސޯޓް ލީގުގެ އަރި ޒޯންގެ މެޗެއްގެ ތެެރެއިން، ކޮންރަޑް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މިހާރު ކުރިއަށްދާ ރިސޯޓް ލީގުގެ އަރި ޒޯންގެ މެޗެއްގެ ތެެރެއިން، ކޮންރަޑް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މިހާރު ކުރިއަށްދާ ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އަރި ޒޯނުގައި ކުޅުނު ފުރަތަމަ މެޗުތަކުން، ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އާއި މެލިއާ ވޭލް ލެގޫން އަދި ކޮންރަޑް މޯލްޑިވްސް ރަންގަލިން މޮޅެއް ހޯދައި، މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. 

ޖުމްލަ އެކު ފަސް ޓީމު ވާދަކުރާ މި ޒޯނުގެ ތާވަލު އޮތްގޮތުން، ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ދެ ވަނަ އާއި ތިން ވަނަ އަށް ދާ ޓީމު ސެމީ ފައިނަލެއް ކުޅުމަށް ފަހު، ފައިނަލްގެ ފަހު ޖާގަ ކަނޑައެޅޭނެ އެވެ. އަދި، ލީގު ބުރުގެ ފުލަށް ދާ ދެ ޓީމެއް މުބާރާތުން ކަޓާނެ އެވެ. 

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ މި ސީޒަނުގެ ފުރަތަމަ މުބާރާތް، އަރި ޒޯނުގައި ކުރިއަށްދާއިރު، ފުރަތަމަ މެޗުގައި މައްޗަފުށި އައިލެންޑް ރިސޯޓް އެންޑް ސްޕާ އަތުން ލިލީ ބީޗް ވަނީ 4-0 އިން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ ހަސަން ނާއިމް ދެ ގޯލު ޖެހިއިރު، އަަނެއް ލަނޑުތައް ޖެހީ މުހައްމަދު މާއިސް އާއި މުހައްމަދު ޔަޝްފާން އެވެ. 

Advertisement

ދެ ވަނަ މެޗުގައި، މެލިއާ އިން 5-1 އިން ޑަބްލިއު މޯލްޑިވްސް ބަލިކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިޔާ، މެލިއާގެ މައިސޫން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ މުހައްމަދު އާދަމް އާއި މާއިން މުހައްމަދު އެވެ. ޑަބްލިއުގެ ހަމައެކަނި ލަނޑު ޖެހީ އިސްމާއިލް ސައީދު އެވެ. 

ތިން ވަނަ މެޗުގައި، މައްޗަފުށި ވަނީ 5-2 އިން ކޮންރަޑް އަތްދަށުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ، ކޮންރަޑްގެ އަބްދުﷲ އަޒީމް ވަނީ ތިން ގޯލު ޖަހައި، ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ، އަހުމަދު ޝާހީން އާއި މައްޗަފުށީގެ އަބްދުﷲ ޝަރީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މައްޗަފުށީގެ ލަނޑުތައް ޖެހިީ، މުހައްމަދު ނާއިފް އާއި އިސްމާއިލް ސަމޫހު އެވެ. 

ތިން ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެއް ވަނައިގައި މެލިއާ، ދެ ވަނައިގައި ލިލީ ބީޗް އަދި ތިން ވަނައިގައި އޮތީ ކޮންރަޑް އެވެ. ހަތަރެއްގައި ޑަބްލިއު އަދި ފަހެއްގައި އޮތީ މައްޗަފުށި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox