ރިސޯޓް ލީގު: ވޮއްމުލި ފައިނަލަށް، ވެލާވަރު އާއި ނިޔާމަ ސެމީގައި

Jun 6, 2026, 8:43 AM
ވޮއްމުލި އާއި ބަގްލިއޯނީ ބައްދަލުކުރި މެޗުގެ ތެރެއިން: ވޮއްމުލީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ވޮއްމުލި އާއި ބަގްލިއޯނީ ބައްދަލުކުރި މެޗުގެ ތެރެއިން: ވޮއްމުލީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ މި ފަހަރުގެ ސީޒަންގައި މިހާރު ކުރިއަށްދާ ދ. ޒޯނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ދި، އެސްޓީ، ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުން ހޯދައިފި އެވެ. 

އެ ގޮތުން، ވޮއްމުލިން ލީގު ބުރުގެ އެއް ވަނަ ހޯދީ އިއްޔެ ކުޅުނު މެޗުން ބަގްލިއޯނީ މޯލްޑިވްސް އަތުން 5-2 އިން މޮޅުވެގެންނެވެ. 

ދ. ޒޯންގެ މެޗުތައް ރޭވިފައިވާ ގޮތުން، ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި، ދެ ވަނަ އާއި ތިން ވަނަ ހޯދާ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު، ފައިނަލުގެ ފަހު ޖާގަ ޔަގީންވެގެންދާނެ އެވެ.

Advertisement

އެ ގޮތުން، އިއްޔެގެ މެޗުތަކަށް ފަހު ލީގު ބުރުގެ ކުޅުން ނިމުނުއިރު، ވޮއްމުލިން ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. އަންގްސާނާ ވެލާވަރު އާއި ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އިން އިއްޔެ ކުޅުނު މެޗު ނިމުނީ، ލަނޑެއް ނުޖެހި އެއްވަރުވެގެންނެެވެ. ވެލާވަރަށް ދެ ވަނަ ލިބުނީ، ފަސް ޕޮއިންޓާ އެކު އެވެ. ތިން ވަނަ އަށް ދިޔަ ނިޔާމަ އަށް ހަަަތަރު ޕޮއިންޓް ލިބުނުއިރު، ފުލުން ނިންމި ބަގްލިއޯނީ ކެޓީ ތިން މެޗުން ޕޮއިންޓަކާ އެކު އެވެ. 

މި ޒޯނުގެ މެޗުތައް ވެލާވަރުގައި ކުޅޭއިރު، އިއްޔެގެ މެޗުގައި ވޮއްމުލީގެ ލަނޑުތައް ޖެހީ އާމިލް އަލީ އާއި މުހައްމަދު އަލީ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، ޔާސިރު އަހުމަދު އެވެ. މެޗުގައި ބަގްލިއޯނީގެ ލަނޑުތައް ޖެހީ، އަހުމަދު އިނަފް އަބްދުﷲ އެވެ. 

ވެލާވަރުން ނިޔާމައާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗު މި މަހު ހަ ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ފައިނަލް މެޗު އޮތީ މި މަހު އަށް ވަނަ ދުވަހު އެެވެ. ފައިނަލުގައި ވޮއްމުލިން ބައްދަލުކުރާނީ ސެމީގައި ނިޔާމަ އާއި ވެލާވަރު ކުޅެގެން މޮޅުވާ ޓީމަކާ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެލާވަރުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވޮއްމުލި 6-2 އިން ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox