ސްކޮޓްލެންޑަށް 36 އަހަރު ތެރޭ ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު

Jun 14, 2026, 8:04 AM
ހައިޓީ ކޮޅަށް ލަނޑު ޖެހުމަށް ފަހު، ސްކޮޓްލެންޑުގެ ޖޯން މެކްގިން އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ހައިޓީ ކޮޅަށް ލަނޑު ޖެހުމަށް ފަހު، ސްކޮޓްލެންޑުގެ ޖޯން މެކްގިން އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ފޮކްސްބޮރޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 14) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލެންޑުން 1-0 އިން ހައިޓީ ބަލިކޮށް މުބާރާތުގެ ކުޅުން މޮޅަކުން ފަށައިފި އެވެ. 

މިއީ، ސްކޮޓްލެންޑުން ވޯލްޑް ކަޕެއްގައި މިދިޔަ 36 އަހަރު ތެރޭ ހޯދި ފުރަތަަމަ މޮޅެވެ. 

މިއާ އެކު ގްރޫޕް ސީން ފުރަތަމަ މޮޅު ހޯދި ޓީމަކީ 1998 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕަށް އެނބުރި އައި ސްކޮޓްލެންޑް އެވެ. އެ ފަހަރު ސްކޮޓްލެންޑަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ބްރެޒިލާއި މޮރޮކޯ އަތުން ބަލިވި ސްކޮޓްލެންޑަށް ޕޮއިންޓެއް ލިބުނީ ނޯވޭއާ އެއްވަރުކޮށްގެންނެވެ. އަދި، މި ފަަހަރު ފުރަތަަމަ މެޗުގައި ހައިޓީ ބަލިކޮށް، ސްކޮޓްލެންޑުން މި ވަނީ 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގައި މޮޅެއް ހޯދައިފަ އެވެ. އެ ފަހަރު އެ ޓީމުން ވަނީ ސްވިޑެން ބަލިކޮށްފަ އެވެ. 

ގްރޫޕް ސީގެ ގްރޫޕްގެ ފުރަތަމަ މެޗުން މޮރޮކޯ އާއި ބްރެޒިލް ވަނީ 1-1 އިން އެއްވަަރުވެފަ އެވެ. މި މެޗުން ސްކޮޓްލެންޑް މޮޅުވުމާ އެކު، މި  ގްރޫޕުން ގަދަ ދެ ޓީމުގެ ޖާގައިގައި ނޫނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން، ސްކޮޓްލެންްޑަށް ކުރިއަށްދިއުމުގެ ފުރުސަތު އޮތީ ބޮޑުކޮށެވެ. 

ހައިޓީ ކޮޅަށް ސްކޮޓްލެންޑްގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނިޓްގައި ޖޯން މެކްގިން އެވެ. މި ސީޒަނުގައި އެސްޓަން ވިލާއާ އެކު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ކެޕްޓަންކަން ކުރި މެކްގިން އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އޭނާ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައިފަ އެެވެ. 

ސްކޮޓްލެންޑުން އެއް ގޯލުން ކުރީގައި އޮތްއިރު، ހައިޓީން ވަނީ އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތްކޮށް ނަތީޖާ ހަމަހަމަކުރެވޭތޯ ބަލައިފަ އެވެ. އެކަމަކު، ލީޑު ހިފަހައްޓަން ސްކޮޓްލެންޑުން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ވަނީ ކާމިޔާބުކޮށްފަ އެވެ.

ހައިޓީން 1974 ވަނަ އަހަރުގެ ފަހުން ފުރަތަމަ ވޯލްޑް ކަޕްގައި ކުޅޭއިރު، އެ ޓީމަށް އެންމެ އެކަށޭނެ ގޮތުގައި މި ފަހަރު ވެސް ނަތީޖާ ނުނެރެވުނީ އެވެ. އެ ފަހަރު ވެސް ހައިޓީ ކެޓީ ޕޮއިންޓެއް ނުލިބި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox