މެސީގެ އަނިޔާ ސީރިއަސް ނޫނަސް ދެން މިއާމީގެ މެޗަކުން ނުފެންނާނެ

May 26, 2026, 1:30 PM
އެމްއެލްއެސްގެ މެޗެއްގެ ތެރެއިން މެސީ: އޭނާ އަށް ލިބުނު އަނިޔާ ސީރިއަސް އެއް ނޫން ކަމަށް އިންޓަ މިއާމީން ވަނީ ބުނެފައި.

އެމްއެލްއެސްގެ މެޗެއްގެ ތެރެއިން މެސީ: އޭނާ އަށް ލިބުނު އަނިޔާ ސީރިއަސް އެއް ނޫން ކަމަށް އިންޓަ މިއާމީން ވަނީ ބުނެފައި.

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މެއި 26) - މިދިޔަ ހޯމަ ދުވަހު މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ މެޗެއްގެ ތެރެއިން ވާތުފައިގެ ފަަލަމަސްގަނޑަށް ތަދުވާތީވެ، ބަދަލުކުރަން ޖެހުނު އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ދިމާވީ ސީރިއަސް އަނިޔާއެއްގެ މައްސަލަ ނޫން ކަމަށް އެ ކްލަބުން ބުނެފި އެވެ. 

އެމްއެލްއެސްގައި ފިލަޑެލްފިއާ ޔޫނިއަން އަތުން 6-4 އިން އިންޓަ މިއާމީ މޮޅުވި މެޗުގައި، އުމުރުން 38 އަހަރުގެ މެސީ، 73 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ބޯޅަ ފޮނުވާލި ގޮތަށް ވަގުތުން ބެންޗަށް އިޝާރާތްކުރީ ބަދަލު ކުރުމަށެވެ. އަދި، ބަދަލަކަށް ފޭބި ގޮތަށް ބެންޗަށް ދިއުމުގެ ބަދަލުގައި މެޑިކަލް އޮފިޝަލަކާ އެކު، ދިޔައީ ޗޭންޖިން ރޫމަށެވެ. 

މެޗަށް ފަހު، މެސީގެ މެޑިކަލް ޓެސްޓްތަކެއް ހެދިއިރު، ނަތީޖާތައް ދައްކާގޮތުން އޭނާ އަށް ދިމާވީ ފަލަމަސްގަނޑަށް ކުޑަ ތަދެއް އެރުމުގެ މައްސަލައެކެވެ. އެއީ، ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެގެން ދިމާވި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. 

Advertisement

އިންޓަ މިއާމީން ބުނީ، މެސީ، އެނބުރި ދަނޑަށް އަންނާނެ ސީދާ ދުވަހެއް ނުބުނެވޭނެ ކަމަށާއި އެ ހުރިހާ ކަމެއް ކަނޑައެޅިގެންދާނީ އޭނާގެ ރިކަވަރީގެ ކަންކަން ދާ ގޮތަކަށް ބެލުމަށް ފަހު ކަމަށެވެ. 

ފީފާ ވޯލްޑް ކަޕަށް ބްރޭކަށް ދިއުމުގެ ކުރިން އިންޓަ މިއާމީ އަށް އަދި އެއް މެޗު  ބާކީ އެބައޮތެވެ. އެކަމަކު، އިންޓަ މިއާމީގެ ކޯޗު ގިލެރްމޯ ހޯޔޯސް ވަނީ ކުރިއަށް އޮތް މެޗުގައި މެސީ ބޭނުންނުކުރާނެ ކަމަށް ބުނެފަ އެވެ. 

އަންނަ މަހު 11 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަަޕްގައި ވާދަކުރާ އާޖެންޓީނާ ސްކޮޑު އަދި އިއުލާނުކޮށްފައިނުވި ނަމަވެސް، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިން ކެޕްޓަން، މެސީ، މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުމުގެ ފުރުސަތު ބޮޑެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ މެސީ ވަނީ އެމްއެލްއެސްގައި ކުޅުނު 14 މެޗުން 12 ގޯލު ޖަހައި، އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ލަސްވެގެން ވޯލްޑް ކަޕް ސްކޮޑު އަންނަ ހަފްތާ ތެރޭގައި އިއުލާނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

މި ފަހަރު ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ  މުބާރާތް، ފީފާ ވޯލްޑް ކަޕްގެ މުބާރާތްތަކަށް ބަަލާއިރު، މެސީ ކުޅޭނެ ހަ ވަނަ މުބާރާތަށެެވެ. މެސީ، އެންމެ ފުރަަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ، 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox