ހެންޓާވައިރަހަށް ފަރުވާދޭން ތަހުލީލު ކުރާ ބޭސް ޔޫރަޕަށް ފޮނުވައިފި

May 28, 2026, 10:18 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ހެންޓާވައިރަސްއަށް ފަރުވާ ދިނުމަށް ތަހުލީލުކުރަމުންދާ އެންޓިވައިރަލް ބޭހުގެ ފުރަތަމަ ޑޯޒްތައް ފްރާންސާއި، ސްޕެއިން އަދި ނެދަލޭންޑްސްއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނެފި އެވެ.

ހެންޓާވައިރަސްއަށް ހާއްސަ ފަރުވާއެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް ފެވިޕިރަވީރުއަކީ ކްލިނިކަލް ޓްރަޔަލްތަކުގައި ނުވަތަ ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އެންމެ އެކަށީގެންވާ ބޭހެއް ކަމަށް ޔޫރަޕިއަން މެޑިސިންސް އެޖެންސީން ވަނީ ބުނެފަ އެވެ.

ފްރާންސާއި، ސްޕެއިން އަދި ނެދަލޭންޑްސްއިން އެދިފައިވާ ގޮތަށް، ޖަޕާނުގެ ފޫޖީފިލްމް ފާމަސޫޓިކަލްސްއިން ވަނީ 1،400 ފެވިޕިރަވީރު ގުޅަ ހަދިޔާކޮށްފަ އެވެ.

Advertisement

ކުރިއަށް އޮތް ހަފުތާތަކުގައި ހެންޓާވައިރަސްގެ އިތުރު ކޭސްތަކެއް ފެނިއްޖެ ހާލަތެއްގައި ބޭނުންކުރުމަށް، އިތުރު ޑޯޒްތައް ހޯދުމަށް ޔޫރަޕިއަން ޔޫނިއަނުން މިހާރު ވަނީ ކުއްލި ހާލަތުގައި ތަކެތި ގަތުމުގެ އިޖުރާއާތްތައް ފަށާފަ އެވެ.

މި ބަލިމަޑުކަން ފެތުރެން މެދުވެރިވި ކްރޫޒް ޝިޕާ ގުޅުންހުރި 13 މީހަކު މިހާތަނަށް ވަނީ ހެންޓާވައިރަސްއަށް ޕޮޒިޓިވްވެފަ އެވެ. މި މީހުންނަށް ފަރުވާ ދެމުންދަނީ ނެދަލޭންޑްސް، ފްރާންސް، ސްޕެއިންގެ އިތުރުން ސްވިޒަލޭންޑް، އެމެރިކާ އަދި ދެކުނު އެފްރިކާގަ އެވެ.

މީދަލުގެ ޒަރީއާއިން ފެތުރޭ ހެންޓާވައިރަސްގެ ސަބަބުން އިންސާނުން ބަލިކޮށްލާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންދާޒާކުރާ ގޮތުގައި ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 100،000 އެއްހާ މީހުންނަށް މި ބަލި ޖެހެ އެވެ.

މި ވައިރަހަކީ ފުރާނައަށް ނުރައްކާވެދާނެ އެއްޗެއް ނަމަވެސް، ބަލީގެ ނުރައްކާތެރިކަން ބިނާވެފައިވަނީ ވައިރަހުގެ ބާވަތުގެ މައްޗަށެވެ. އަދި މިއީ އެކަކު އަނެކަކުގެ ގަޔަށް ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ.

މި ފަހުން ބަލި ފެތުރެން ފެށި ފަހުން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ.

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox