ކޮޅުނބު ފުޓްސަލް ކަޕް: ކުއާޓާ ފައިނަލް ޓީމުތައް ކަށަވަރުވެއްޖެ

Nov 16, 2025, 1:46 AM
ކޮޅުނބު ފުޓްސަލް ކަޕް: ކުއާޓާ ފައިނަލް ޓީމުތައް ކަށަވަރުވެއްޖެ

މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އިން ބާއްވާ ކޮޅުނބު ފުޓްސަލް ކަޕްގެ މި އަހަރުގެ މުބާރާތުގެ ފުރަތަަމަ ދުވަހުގެ މެޗުތައް ނިމި ކުއާޓާ ފައިނަލުގައި ވާދަކުރާ އަށް ޓީމެއް ކަށަަވަރުވެއްޖެ އެވެ.

މިދިޔަ އަަހަރުގެ މުބާރާތުގައި ޖުމްލަ އެކު އަށް ޓީމެއް ވާދަކުރިއިރު، މުބާރާތް ކުރިއަށްދިޔައީ ފިއެސްޓާ އުސޫލުން ވަން ޑޭ ކަޕެއް ގޮތަށެވެ. އެހެން ނަަމަވެސް މި ފަހަރުގެ މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސް ދެ ދުވަހުގެ މުބާރާތެއް ގޮތަށް ކުރިއަށްގެންދާއިރު، ޖުމްލަ 12 ޓީމެއް ވާދަކުރާނެ އެެވެ. އެއީ، ތިން ޓީމު ގްރޫޕެއްގައި ހިމެނޭ ގޮތަށް ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދުވަހު ތިން ސެޝަނަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖުގެ 12 މެޗު ވަނީ ކުޅެ ނިމިފަ އެވެ.

އެ ގޮތުން، ފުރަތަމަ ކުއާޓާ ފައިނަލުގައި ވާދަކުރާނީ، މެޖިސްޓާ އެފްސީ އާއި ލަޔަން ސިޓީއާ އެވެ. ލަޔަން ސިޓީ އަށް ފުރުސަތު ލިބުނީ، ސައުދީ ޓީމަށް ޑިސިޕްލިނަރީ ފިޔަވަޅު އަޅައި ޑިސްކޮލިފައިކުރުމުންނެވެ.

ދެ ވަނަ ކުއާޓާ ފައިނަލުގައި ރެޑް ޑެވިލްސް އާއި ޓީމު ލީބިޔާ ކުޅޭއިރު، ތިން ވަނަ ކުއާޓާ ފައިނަލުގައި ޖޭޖޭ ސްޕޯޓްސް ކްލަބުން ނުކުންނާނީ ކްލައުންސް އެފްސީއާ ދެކޮޅަށެވެ. އަދި، ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ޓީމު އެލްކޮމް ކުޅޭނީ މައެސްޓްރޯ އެފްސީއާ އެވެ.

ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ކުއާޓާ އަށް އައީ މެޖިސްޓާ، ރެޑް ޑެވިލްސް، ޖޭޖޭ އަދި ޓީމު އެލްކޮމް އެވެ.

މުބާރާތުގައި މިއަދު ކުރިއަށްދާނީ ކުއާޓާ ފައިނަލް މެޗުތަކާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލް މެޗެވެ. މެޗުތައް ކުޅެނީ ސޯސަން ވިލާ ފުޓްސަލް ދަނޑުގަ އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކަށް 3އެޗްލޮޖިސްޓިކްސް އިން ހަރަކާތްތެރިވާއިރު، މީޑިއާ ޕާޓްނަރަކީ އަދަދު ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި، އޮބިއޮން، އެސްޕަޔާ ސްޕޯޓްސް، ޖޮޒްޓީ، އައިލެންޑް ޕާފިއުމް، ކެފޭ ޑި މާލެ، ސްވިފްޓް ލޮޖިސްޓިކްސް، ގުރުވާ ރެސްޓޯރަންޓް، ބޮޑީ ޓޯން ފިޓްނަސް އަދި އައިންޓްޒް ކިޗަން ހަރަކާތްތެރިވާނެ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox