ނޮވެމްބަރު 11، އިން ފެށިގެން ބޭރު ގައުމުތަކުގައި ވިޔަފާރި ކުރެވޭ ކާޑު ލިމިޓު މަތިވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ނޮވެމްބަރު 11، އިން ފެށިގެން ބޭރު ގައުމުތަކުގައި ވިޔަފާރި ކުރެވޭ ކާޑު ލިމިޓު މަތިވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ނޮވެމްބަރު 11، އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓު ކާޑު ބޭނުންކޮށްގެން ބޭރު ގައުމުތަކުގައި ވިޔަފާރި ކުރެވޭ އަދަދު އިތުރުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިރޭ މ. މުލީގައި ހުންނަވާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޑެބިޓު ކާޑު ބޮޑުކުރަނީ ބީއެމްއެލްގެ އަހަރީ ދުވަހުން ފެށިގެން ކަމަށެވެ. އެއީ ޖުމްހުރީ ދުވަސް ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެ ދުވަހުން ފެށިގެން ބޮޑުވާނެ ކަމަށް މުއިއްޒު މިރޭ އިއުލާނުކުރައްވާފައިވަނީ މައިގަނޑު ތިން ބޭނުމަކަށް ވިޔަފާރި ކުރެވޭ އަދަދެވެ.

Advertisement

އެގޮތުން ބޭރު ގައުމުތަކުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރެވޭ އަދަދު 1،000 ޑޮލަރަށް، އަދި އެއާލައިން ޓިކެޓާއި ހޮޓާތަކަށް ލާރި ދެއްކުމާށް ކާޑުން ދެއްކޭ އަދަދު 3,000 ޑޮލަރަށް އިތުރުވާނެ ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ.

މީގެ އިތުރުން، ބޭސްފަރުވާއަށް ބޭރަށް ދާ ފަރާތްތަކުން ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ޑެބިޓު ކާޑު މެދުވެރިކޮށް ދެއްކުމަށް ބޭންކުގައި އެދުމުން، އެ ތާރީހުން ފެށިގެން އެކަން ވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިކަންކަމުގެ ސަބަބުން އަގުބޮޑުކޮށް ބްލެކް މާކެޓުން ޑޮލަރު ގަނެގެން މި ކުރަން ޖެހޭ ކަންތައްތައް. މި އަޅުވެތިކަމުން އިރާދަކުރެއްވިއްޔާ ރައްޔިތުން އަރައިގަތުމަށް އެޅޭ މުހިންމު ފިޔަވަޅު ތަކަކަށް ވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިކަން މުއިއްޒު އިއުލާނު ކުރައްވާފައިވާއިރު ގެ ރުފިޔާ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ޖޫން 30، ގައި ވަނީ ކުޑަކޮށްފަ އެވެ. ހަމަ އެ ދުވަހު ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު އަންނަ މަހުން ފެށިގެން 500 ޑޮލަރަށް ބޮޑުކުރި އެވެ.

ޑޮލަރު ލިމިޓު 500 އަށް ބޮޑުކުރަން ބޭންކުން ނިންމީ ބައެއް މީހުން ވިޔަފާރިކުރަން މުދާ ގެންނަން ބީއެމްއެލް ޑެބިޓު ކާޑުތަކުން ފައިސާ ދެއްކުން ހުއްޓުވަން ކަމަށް ބުނެ، ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމާއެކު ކުރިމަތިވި ފާޑުކިޔުންތަކާއެކު އެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ފީ ނަގަން ނިންމާފައިވާ ލިސްޓުގައި ހިމެނޭ ސައިޓުތަކަށް ބޭންކުން މަހެއްގެ މައްޗަށް 20 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. މި އަދަދުން ހިސާބުކުރާއިރު، މި ސައިޓުތަކަށް އެކަނި އަހަރެއްގެ މައްޗަށް 240 މިލިއަން ހަރަދު ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox