މައިކްރޯސޮފްޓްގެ ކޯޕައިލެޓުން ބޫޓްލޯޑާތަކުގެ ސެކިއުރިޓީ މައްސަލަތަކެއް ހޯދައިފި

މައިކްރޯސޮފްޓް ކޯޕައިލެޓަކީ މައިގަނޑު ގޮތެއްގައި އިދާރީ މަސައްކަތްތަކަށް ޚާއްޞަ ޓޫލެއް --

މައިކްރޯސޮފްޓް ކޯޕައިލެޓަކީ މައިގަނޑު ގޮތެއްގައި އިދާރީ މަސައްކަތްތަކަށް ޚާއްޞަ ޓޫލެއް --

މައިކްރޯސޮފްޓުން އިއުލާނުކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ "މައިކްރޯސޮފްޓް ސެކިއުރިޓީ ކޯޕައިލެޓް" ނަމަކަށް ކިޔާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސައިބަ ސެކިއުރިޓީ ޓޫލްއިން، އޯޕަން-ސޯސް ބޫޓްލޯޑާތަކުގައި ކުރިން ނޭނގޭ ސެކިއުރިޓީ މައްސަލަތަކެއް ހޯދައިފިއެވެ.

މި މައްސަލަތައް ހޯދާފައިވަނީ ގިނަ ލިނަކްސް ސިސްޓަމްތަކުގައި ބޭނުންކުރާ ޖީ.އާރް.ޔޫ.ބީ 2 (GRUB2) އަދި އެމްބެޑެޑް ސިސްޓަމްތަކާއި އިންޓަނެޓް އޮފް ތިންގްސް (އައި.އޯ.ޓީ) ޑިވައިސްތަކުގައި ބޭނުންކުރާ ޔޫ-ބޫޓް (U-Boot) އަދި ބެއަރބޮކްސް (Barebox) ބޫޓްލޯޑަރތަކުގައެވެ.

މައިކްރޯސޮފްޓުން މި މައްސަލަތައް ހޯދި ގޮތާއި އޭގެ ނުރައްކާތެރިކަމުގެ މިންވަރު ބަޔާންކޮށް ބްލޮގް ޕޯސްޓެއް ޝާއިއުކޮށްފައިވެއެވެ. މި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ސެކިއުރިޓީ ކޯޕައިލެޓްއަކީ އޭއައި އަށް ބިނާކޮށްފައިވާ ސެކިއުރިޓީ އެނަލިސިސް ޓޫލްއެކެވެ. މި ޓޫލްގެ ބޭނުމަކީ އޮގަނައިޒޭޝަންތައް ސައިބާ ހަމަލާތަކުން ރައްކާތެރިކުރުމާއި ސެކިއުރިޓީ މައްސަލަތައް ހޯދުމެވެ.

ބޫޓްލޯޑަރަކީ އޮޕަރޭޓިން ސިސްޓަމް (އޯއެސް) ފެށުމުގެ ކުރިން ހިންގާ ކުޑަ ޕްރޮގްރާމެކެވެ. މީގެ މަސްއޫލިއްޔަތަކީ އޯއެސް މެމޮރީއަށް ލޯޑްކޮށް، ބޫޓް ޕްރޮސެސް ފެށުމެވެ. މައިކްރޯސޮފްޓުން މި މައްސަލަތަކުގެ މައުލޫމާތު ބޫޓްލޯޑަރތައް ބަލަހައްޓާ ފަރާތްތަކަށް ދީފައިވާ ކަމަށާއި، އެ ފަރާތްތަކުން މި މައްސަލަތައް ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ނެރެފައިވާ ކަމަށްވެސް މައިކްރޯސޮފްޓުން ބުނެފައިވެއެވެ.

މައިކްރޯސޮފްޓްގެ ތްރެޓް އިންޓެލިޖެންސް ޓީމުން އޭއައި ބޭނުންކޮށްގެން ޖީ.އާރް.ޔޫ.ބީ 2 ގައި 11 ސެކިއުރިޓީ މައްސަލަ ހޯދާފައިވެއެވެ. މީގެ ތެރޭގައި އިންޓެޖާ އޯވަފްލޯ، ބަފަރ އޯވަފްލޯ އަދި ކްރިޕްޓޮގްރަފިކް ސައިޑް-ޗެނަލް މައްސަލަތައް ހިމެނެއެވެ. މި މައްސަލަތަކުގެ ސަބަބުން ސައިބަރ ހަމަލާދޭ ފަރާތްތަކަށް ޔުނިފައިޑް އެކްސްޓެންސިބަލް ފާމްވެއާ އިންޓަފޭސް (ޔޫއީއެފްއައި) ސެކިއާ ބޫޓް ބައިޕާސްކުރެވިދާނެއެވެ. ސެކިއަރ ބޫޓްގެ ބޭނުމަކީ ބޫޓް ޕްރޮސެސްގައި ހުއްދަނެތް ކޯޑެއް ހިންގުން ހުއްޓުވުމެވެ.

ސެކިއުރިޓީ ކޯޕައިލެޓުން ޔޫ-ބޫޓް އަދި ބެއާބޮކްސްގައި 9 ސެކިއުރިޓީ މައްސަލަ ހޯދާފައިވެ އެވެ. މިއީ މައިގަނޑު ގޮތެއްގައި ސްކުއަޝްއެފްއެސް، އީ.އެކްސް.ޓީ 4، ކްރޭމްއެފްއެސް، ޖޭ.އެފް.އެފް.އެސް 2 އަދި ސިމްލިންކްސް ފަދަ ފައިލް ސިސްޓަމްތަކަށް އަސަރުކުރާ ބަފަރ އޯވަފްލޯ މައްސަލަތަކެކެވެ. މި މައްސަލަތައް އެކްސްޕްލޮއިޓް ކުރުމަށް ޑިވައިސްއަށް ފިޒިކަލް އެކްސެސް ބޭނުންވިޔަސް، ސެކިއުރިޓީ ރިސްކް އޮތްކަމަށް މައިކްރޯސޮފްޓުން ބުނެފައިވެއެވެ.

ޖީ.އާރް.ޔޫ.ބީ 2 ގެ މައްސަލަތަކުގެ ސަބަބުން ހަމަލާދޭ ފަރާތްތަކަށް ރިމޯޓްކޮށް ސްޓެލްތީ ބޫޓްކިޓްތައް އިންސްޓޯލްކުރެވިދާނެ ކަމަށް މައިކްރޯސޮފްޓުން ބުނެފައިވެއެވެ. މިފަދަ ބޫޓްކިޓްތަކަކީ އޮޕަރޭޓިންގ ސިސްޓަމް އަލުން އިންސްޓޯލްކުރުމުން ނުވަތަ ހާޑް ޑްރައިވް ބަދަލުކުރުމުންވެސް ނުފިލާ ދެމިހުންނަ އެއްޗެހިކަން ފާހަގަކޮށްފައިވެއެވެ.

ޖީ.އާރް.ޔޫ.ބީ 2، ޔޫ-ބޫޓް އަދި ބެއަރބޮކްސް ބަލަހައްޓާ ފަރާތްތަކުން މި މައްސަލަތައް ހައްލުކުރުމަށް ފެބްރުއަރީ މަހު ސެކިއުރިޓީ އަޕްޑޭޓްތައް ނެރެފައިވެއެވެ.

ބޭނުންކުރާ ސިސްޓަމްތައް ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށް، އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓްކުރުމަށް މައިކްރޯސޮފްޓުން އިރުޝާދު ދީފައިވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox