އެއް ވަނަ އަށް އަންނަ ފަރާތަކަށް އެއްލައްކަ ރުފިޔާ ލިބޭ އަލްމުދިޝް ސްކޭން އެންޑް ވިން ޕްރޮމޯޝަން ފަށައިފި އެވެ.
އަލްމުދިޝް ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުންދަނީ ވީބީ ބްރަދާސްއ އިން ބުނީ އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް އަލްމުދިޝް ކިރު ޕެކެޓެއް ގަތުމަށްފަހު ކިއުއާރު ކޯޑު ކަހާލައި، ސްކޭން ކުރުމަށްފަހު ފޯނު ނަންބަރު ޖަހައިގެން ކަމަށެވެ.
ޑިސެމްބަރު 31ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެއްވަނައަށް އެއްލައްކަ ރުފިޔާ ދޭއިރު، ދެވަނައަށް 50،000ރ. އަދި ތިންވަނައަށް 25،000ރ. ލިބޭނެ އެވެ.
އޭގެއިތުރުން ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް 5،000ރ. އަދި ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރި ފަރާތަކަށް އަލްމުދިޝް ކިރު ޕެކެޓެއް ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
ވީބީއަކީ މާލޭގައި ރީޓެއިލް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއް ކުންފުންޏެވެ. މާލޭގައި ވީބީގެ ދެ މާޓު ހުރެ އެވެ. ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ އޯޝަން ފްރޮންޓް ރެސިޑެންސްގެ ގްރައުންޑު ފްލޯގައި ވީބީގެ އާ މާޓެއް ދާދި ފަހުން ވަނީ ހުޅުވާފަ އެވެ.










