ގާނޫނުއަސާސީ ބަދަލުކުރީ ރައްޔިތުންގެ ހައްގުގައި "ރާއްޖޭގެ ހަމަޖެހުމަށް": ރައީސް

ގާނޫނުއަސާސީއަށް ގެނައި ބަދަލު ތަސްދީގު ކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވީޑިއޯ މެސެޖެއް ދެއްވަނީ: -- ފޮޓޯ: ރައީސް އޮފީސް

ގާނޫނުއަސާސީއަށް ގެނައި ބަދަލު ތަސްދީގު ކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވީޑިއޯ މެސެޖެއް ދެއްވަނީ: -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރަން އޮންނަ މަރުހަލާތައް ކުރުކޮށްލައި، އިއްޔެ ހުށަހަޅައި އިއްޔެ ފާސްކޮށް ތަސްދީގުކުރި ގާނޫނުއަސާސީ އަށް ގެނައި ބަދަލުތަކަކީ "ރައްޔިތުންގެ ހައްގުގައި" އަދި "ރާއްޖޭގެ ހަމަޖެހުމަށް" މުހިއްމު ބަދަލުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެ ބަދަލުތަކުގެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު، ރައީސް މުއިއްޒު ދެއްކެވި ވާހަކައިގެ ވީޑިއޯކޮޅެއް ރައީސް އޮފީހުން ރޭ މެންދަމު ވަނީ އާންމުކޮށްފަ އެވެ.

"މި ކަންކަމަކީ ހަގީގަތުގައި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، ތަރައްގީއާ، ހަމަޖެހުމަށް، މި ކަންކަމަށްޓަކައި ނިންމުނު ވަރަށް މުހިއްމު ނިންމުންތަކެއް،"އެ މަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު ގައުމީ ޖޯޝާއެކު ގައުމަށްޓަކައި ނިންމި ނިންމުންތަކެއް."

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާއެކު ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް އިއްޔެ ބަދަލު ގެނަ އެވެ.

އެ ބަދަލުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، މެންބަރުން ވަކިކުރެވޭނެ ގޮތް ލިޔުނެވެ. މި ބަދަލާއެކު އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.

މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ހުށަހެޅި އިސްލާހަށް ޕީއެންސީގެ މެންބަރުން ވޯޓު ނުދިނުމުން ފާހެއް ނުވި އެވެ.

މި ބަދަލާއެކު، މަޖިލީހުގެ މެންބަރެއް އަމަލު ކުރި ގޮތަކާއި ނުކޮށް ދޫކޮށްލި ކަމަކާމެދު މައްސަލަ ހުށަހަޅައި، ސިޔާސީ ޕާޓީގެ ވެރިންނަށް ފެނިއްޖެ ހާލަތެއްގައި، އެ މެންބަރަކު ޕާޓީން ވަކިކޮށް، މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލުވާލެވިދާނެ އެވެ.

މިއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބައެއް ގާނޫނި ވަކީލުން ގަބޫލު ކުރައްވަ އެވެ.

ގާނޫނު އަސާސީގައި ރައީސުލްޖުމްހުރިއްޔާއަށް 115 ވަނަ މާއްދާއިން ލިބިދޭ ބާރުތަކުގެ ތެރެއަށް މާއްދާއެއް އިތުރުކޮށް، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ އެ ސިޔާސަތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމުގެ އިތުރުން، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުމުގެ ބާރު ވެސް ދިނެވެ.

ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ ހ. އަދި ށ. އަށް ގެނައި ބަދަލާއެކު، ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. ކުރިން އޮންނަނީ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދުމަށެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު ބަދަލާއެކު، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެންނެވެ. ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ހިންގޭ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން މީގެން އިސްތިސްނާވެއެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާ މިހާރު ލިޔެފައި އޮތް ގޮތުން ރައްޔިތުންގެ އާންމު ވޯޓަކަށް ދާންޖެހޭނީ ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގެ މާއްދާތަކާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާން ކުރާ މާއްދާ އާއި ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ މާއްދާ ބަދަލު ކުރާ ނަމަ އެކަންޏެވެ. އެ މާއްދާ ބަދަލުކުރެވޭނީ ވެސް ރައްޔިތުންގެ އާންމު ވޯޓަކުން ކަމަށް އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ.

މި ބަދަލުތައް ގެނައުމަށް ވޯޓު ދެއްވީ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 78 މެންބަރުންނެވެ. ގާނޫނުއަސާސީ އަށް މި ބަދަލުތައް ގެނައުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރެކެވެ.

ގާނޫނުއަސާސީ ބަދަލުކުރުމަށް ފަހު، ރައީސް މުއިއްޒު ރޭ ވަނީ އަމިއްލަ ދަތުރެއްގައި އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފަ އެވެ. އެ މަނިކުފާނުގެ ދަރިކަނބަލުން ޔަސްމީން މުހައްމަދު މުއިއްޒު ކިޔަވާ ވިދާޅުވާން ހުންނަވަނީ އިނގިރޭސި ވިލާތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox