ޕީއެންސީގެ އިބްރާހިމްދީދީ ވިދާޅުވީ ރާއްޖޭގެ ހަމަހިމޭންކަމާއި ސުލްހަ ގެއްލި އިގްތިސާދު ފުނޑުނީ ސިޔާސީ ޕާޓީތަކާ ހެދި ކަމަށް

މެންބަރު އިބްރާހިމް ދީދީ: ވިދާޅުވީ ހަރުދަނާ މިންގަނޑެއްގައި ޕާޓީތައް ރެގިއުލޭޓް ނުކުރުމުން ވަރަށް ގިނަ މައްސަލަ ނުކުންނަ ކަމަށް -- ފޮޓޯ: މަޖިލިސް

މެންބަރު އިބްރާހިމް ދީދީ: ވިދާޅުވީ ހަރުދަނާ މިންގަނޑެއްގައި ޕާޓީތައް ރެގިއުލޭޓް ނުކުރުމުން ވަރަށް ގިނަ މައްސަލަ ނުކުންނަ ކަމަށް -- ފޮޓޯ: މަޖިލިސް

ރާއްޖޭގެ ހަމަހިމޭންކަމާއި ސުލްހަ ގެއްލި، އިގްތިސާދު ފުނޑުނީ ސިޔާސީ ޕާޓީތަކާ ހެދި ކަމަށް ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭނެ ގޮތް ފުޅާ ކުރަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ދީދީ ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބައިވަރު މައްސަލަތަކުގެ އަސްލަކީ، ހަރުދަނާ ނޫން މިންގަނޑެއްގައި ސިޔާސީ ޕާޓީތައް ރެގިއުލޭޓް ނުކުރުން ކަމަށެވެ.

"ސިޔާސީ ޕާޓީތައް ވުޖޫދަށް އައިސްގެން ރާއްޖޭގެ ހަމަހިމޭންކަން، ރައްޔިތުންގެ ކިބައިގައި މަޑުމައިތިރިކަން، ކެތްތެރިކަން، ސުލްހަވެރިކަން، މި ހުރިހާ ކަމެއް އޮއްވައި މި ހުރިހާ ކަމެއް ނަގާލައި ރާއްޖޭގެ އިގްތިސާދު ފުނޑި، ހުރިހާ ކަމެއް ދިޔައީ ހަރުދަނާ ނުކޮށް ސިޔާސީ ޕާޓީތައް ހިންގުމުގެ ސަބަބުން،" ދީދީ ވިދާޅުވި އެވެ.

Advertisement

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ، ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ޖެހިގެން އައި ފެބްރުއަރީ 8، 2012، ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުމަކީ ސިޔާސީ ޕާޓީއަކުން ކުރި ކަންތައްގަނޑެއް ކަމަށެވެ. ކުރީގެ "ރައީސުންގެ ނަމުގައި" ތިބި ބަޔަކު މިހާރު ވެސް އެފަދަ ކަންކަން ކުރަން މަސައްކަތް ކުރައްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ހަމަ އެއާއެކު ސިޔާސީ ޕާޓީތައް ހިންގައި، ސިޔާސީ ޕާޓީތަކުން ވެރިކަންކޮށްފަ، ކުރީގެ ރައީސުންގެ ނަމުގައި ތިއްބަވަ ބޭފުޅުން ވެސް ހަމަ މި ބާވަތުގެ ކަންކަން ހިންގަނީ ދައުލަތުން ފައިސާ ނަގައިގެން،" އޭނާ ވިދާޅުވި އެވެ.

އެ ބިލާމެދު ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ، އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ފެންނަމުން މި ދަނީ ހުދުމުހުތާރު ވެރިކަމާ ދިމާލަށް ރާއްޖެ މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށެވެ.

"ކީއްވެބާއޭ ކުއްލިއަކަށް އެއް ލައްކަ ރުފިޔާއާ ހަމައަށް ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ ގޮތަށް ބަދަލުތަކެއް މި ގާނޫނަށް މި ގެނެވެނީ. ބަލާލާއިރު، މިކަންކަމާމެދު އަޅުގަނޑުމެން ވިސްނާލާއިރު، ހަމަ ހަގީގަތުގައި ވެސް މި ފެންނަނީ އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގެ މިސްރާބު ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައި ހުރި މަންޒަރު،" މައުރޫފް ވިދާޅުވި އެވެ.

ގާނޫނަށް ގެންނަ ހުށަހެޅި ބަދަލަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވާ މީހަކު 30،000ރ. އާއި 75،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމާއެކު އެމީހަކު ނިސްބަތްވާ ޕާޓީއެއް 100،000ރ. އިން ޖޫރިމަނާ ކުރުމެވެ. އެ ގާނޫނަށް ގެންނަ އަނެއް ބަދަލަކީ، ދައުލަތުގެ 0.1 ޕަސެންޓަށް ވުރެ މަދު ނޫން އަދަދެއް ޕާޓީތަކަށް ކަނޑައެޅުމުގެ ބަދަލުގައި، ބަޖެޓުގައި ދައުލަތުގެ އާމްދަނީއަށް ޖަހާ މިންވަރުގެ 0.1 އާއި 0.2 އާ ދެމެދުގެ އަދަދެއް ކަނޑައެޅުމެވެ.

އޭގެ އިތުރުން ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބައެއް އެހެން ބަދަލުތައް ގެނައުމަށް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ޕާޓީގެ ޓިކެޓެއްގައި އިންތިހާބުގައި ވާދަ ކުރަން ހުށަހެޅި މީހަކު އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިހާބެއްގައި ވާދަ ނުކުރޭވެނެ ގޮތަށް މިހާރު ގާނޫނުގައި އޮތް މާއްދާ އުވާލުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox