ޗައިނާ އަދި އިންޑިއާއަށް ވެސް ދީފައި އޮތް ގާދޫއަށް ޓުއަރިޒަމް މިނިސްޓަރާއެކު އިންޑިއާގެ އެމްބެސަޑަރު ވަޑައިގެންފި

Oct 26, 2024, 8:51 AM
ޗައިނާ އަދި އިންޑިއާއަށް ވެސް ދީފައި އޮތް ގާދޫއަށް ޓުއަރިޒަމް މިނިސްޓަރާއެކު އިންޑިއާގެ އެމްބެސަޑަރު ވަޑައިގެންފި

ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާއެކު އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރު މުނޫ މަހާވަރު ބުރާސްފަތި ދުވަހު ލ. ގާދޫއަށް ވަޑައިގެންފި އެވެ.

ގާދޫގައި ޕްރޮޖެކްޓުތަކެއް ހިންގަން ޗައިނާ އަދި އިންޑިއާއާއެކު ވެސް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެންމެ ފުރަތަމަ އޭޕްރީލް 11، ގައި ސަރުކާރުން ސޮއި ކުރީ ޗައިނާ ސީއެމްސީ އިންޖިނިއަރިން ކުންފުންޏާއެކު އެވެ. އެކަމަކު އޭގެ ފަހުން، ހަމަ ގާދޫގައި ޕްރޮޖެކްޓުތަކެއް ކުރިއަށް ގެންދަން އިންޑިއާ ސަރުކާރާއެކު އޮކްޓޯބަރު 7، ގައި ވެސް އެއްބަސްވި އެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ އެމްބެސަޑަރާއެކު ގާދޫއަށް ވަޑައިގެން އެތަނުގައި ފަތުރުވެރިކަން ތަރައްގީ ކުރެވޭނެ ސައިޓުތައް ދެ ބޭފުޅުން ޒިޔާރަތް ކުރެއްވި ކަމަށެވެ.

Advertisement

ޗައިނާގެ ސީއެމްސީ އިންޖިނިއަރިންއާއެކު ސަރުކާރުން އެއްބަސްވީ ކްރޫޒާ ޓާމިނަލެއް އެޅުމަށާއި ޔޮޓް މެރީނާއެއް ގާއިމް ކުރުމަށާއި އޮފް-ޝޯ ބަންކަރިންގެ ހިދުމަތް ދިނުމާއި އީކޯ ރިސޯޓެއް ހެދުމަށެވެ.

އިންޑިއާއާއެކު ވެސް ސަރުކާރުން އެއްބަސްވީ ޓްރާންސްޝިޕްމެންޓް ފެސިލިޓީއެއް ބިނާ ކުރުމަށާއި ބަންކަރިންގެ ހިދުމަތް ދިނުމަށް ތަނެއް ހެދޭނެ ގޮތަކަށް ދެ ގައުމުން ކުރިއަށް ދިޔުމަށެވެ.

އިންޑިއާއާއެކު އެކަމަށް އެއްބަސްވީ މި އޮކްޓޯބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވި ދަތުރުގެ ތެރެއިންނެވެ.

ގާދޫގައި ޕްރޮޖެކްޓު ހިންގަން ދެ ގައުމާއެކު ރާއްޖެއިން އެއްބަސްވި ނަމަވެސް އޭގެ ތެރެއިން ކުރިއަށް ދެވޭނީ އެއް ގައުމާއެކު ކަމަށް ބެލެވެ އެވެ. މިހާރު ބެލެވޭ ގޮތުގައި ގާދޫގައި ޕްރޮޖެކްޓު ހިންގުމުގެ ފުރުސަތު ލިބޭނީ އިންޑިއާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox