އިންޑިއާގެ އެހީގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނަކާއި މަސްފެކްޓްރީއެއް އަޅަން އެއްބަސްވެއްޖެ

ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވާ ދަތުރުގައި އެމަނިފާނާއި އަރިހުގައި ވަޑައިގެންނެވި ވަފުދު އިންޑިއާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަނީ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވާ ދަތުރުގައި އެމަނިފާނާއި އަރިހުގައި ވަޑައިގެންނެވި ވަފުދު އިންޑިއާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަނީ.

އިންޑިއާގެ އެހީގައި ހދ. އަތޮޅުގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ތަރައްގީކުރުމަށާއި ހއ.އަތޮޅުގައި މަސްބަންދުކުރާ ކާރުހާނާއެއް އަޅަން ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ރައީސް އޮފީހުން އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން ހދ. އަތޮޅުގައި ދަނޑުވެރިކަމުގެ އިގުތިސާދީ ސަރަހައްދު ތަރައްގީކުރުމުގެ އިތުރުން، އެ އަތޮޅުގައި ޓޫރިޒަމް ދާއިރާއިން ވެސް އިންޑިއާއިން އިންވެސްޓްކުރާނެ އެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯނަކީ އެކަމަށް ރަށެއް ނުވަތަ ރަށްތަކެއް ހާއްސަކޮށްގެން ކުރާ ކަމަަކަށް ވާ އިރު އެކަމަށް ދޫކުރަނީ ކިތައް ރަށްކަމެއް އަދި އެއީ ކޮންކޮން ރަށްތަކެއް ކަމެއް އަދި ނޭނގެ އެވެ. ޓޫރިޒަމަށް އިންޑިއާއިން އިންވެސްޓްކުރާ އިރު އެކަމަށް ދޫކުރާނީ ކިތައް ރަށް ކަމެއް ވެސް ނޭނގެ އެވެ.

Advertisement

މަސްބަންދުކުރާ ކާރުހާނާއެއް އަޅަން ހއ. އިން ދޫކުރާނީ ކޮން ރަށެއް ކަމެއް ވެސް އަދި ނޭނގެ އެވެ.

އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން ، އިންޑިއާގެ އެހީތެރިކަމާ އެކު ތަރައްގީކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން، ގުޅިގެން މަސައްކަތް ކުރަން ވެސް އިއްޔެ ގެ މަޝްވަރާތަކުގައި އެއްބަސްވި އެވެ.

ދަނޑުވެރިކަމުގެ އިގުތިސާދީ ސަރަހައްދެއް ތަރައްގީކުރަން އިންޑިއާއާ އެކު އެއްބަސްވި އިރު، ހަމަ އެފަދަ މަޝްރޫއެއް ހިންގަން ޗައިނާގެ ކުންފުންޏަކާ އެއްކޮށް ވެސް ސަރުކާރުން މީގެ ކުރިން ސޮއިކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox