މި ހުތޫތަތްތެރި ވަގުތުގައި އިންޑިއާއިން ދިން އެހީއަކީ ރާއްޖޭގެ އިގުތިސާދަށް ލިބުނު ވަރަށް ބޮޑު ލުޔެއް: ހަލީލް

ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް -- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ އާއި ރާއްޖެ އާ ދެމެދު އިއްޔެ ސޮއި ކުރި ކަރަންސީ ސްވޮޕް އެގްރީމެންޓަކީ މި ވަގުތު ރާއްޖޭގެ އިގުތިސާދަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމަށް ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނިއު ދިއްލީގައި ހުންނަވައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ހަލީލް ވިދާޅުވީ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެސް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

"ރާއްޖެ އިގުތިސާދީ ގޮތުން މި އައި ކަންތައްތަކަށް ބަލާއިރުގައި މި ހުތޫރަތްތެރި ވަގުތުގައި ހަގީގަތުގައި އިންޑިއާގެ މި އެހީތެރިކަން ވެގެންދާނެ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ އިގުތިސާދަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުޔަކަށް، ވިޔަފާރިވެރިންނަށް ދެ ގައުމުގެ ދޭތެރޭގައި ވިޔަފާރި ކުރަން ލިބޭ، ފަސޭހަވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް ވެގެންދާނެ،" ހަލީލް ވިދާޅުވި އެވެ.

Advertisement

އިންޑިއާ އާ އެކު ސޮއި ކުރެވުނު ކަރަންސީ ސްވޮޕް އެގްރީމެންޓުގެ ސަބަބުން ޑޮލަރަށް ބަރޯސާވުން ވެސް ވަރަށް ބޮޑަށް ކުޑަވެ، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަންނަން އެހީއަކަށް ވެގެންދާނެ ކަމަށް ހަލީލު ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާ އާ ދެމެދު އިއްޔެ ސޮއި ކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް 400 މިލިއަން ޑޮލަރު ނުވަތަ ޔޫރޯގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސް ލިބޭނެ އެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހިވާނެ ކަމަށް އެ ބޭންކުން އިއްޔެ ބުންޏެވެ.

ހަލީލު ވިދާޅުވީ ރައީސް މުއިއްޒު އިއްޔެ އިންޑިއާގެ ވެރިންނާ ކުރެއްވި މަޝްވަރާތަކުގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުގެ ވާހަކަތައް ވެސް ދެއްކެވި ކަމަށެވެ.

އިއްޔެ އެއްބަސްވި ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތް ތަނުގައި ބައްޓަން ކުރާނެ ގޮތުގެ އެއްބަސްވުމުގެ ސަބަބުން ވެސް ދިވެހި ރައްޔިތުންނަށް އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ފައިދާތަކެއް ވާނެ ކަމަށް ހަލީލު ވިދާޅުވި އެވެ.

"ވަރަށް ކާމިޔާބު ދަތުރެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ދަތުރުފުޅަކަށް އިރާދަކުރެއްވިއްޔާ މި ދަތުރު ވެގެންދާނެ،" ހަލީލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox