ރާއްޖެއިން އިންޑިއާއެކު މުހިންމު ފަސް އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) މީޑިއާތަކަށް މައުލޫމާތު ދިނުން -- ފޮޓޯ: އެކްސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) މީޑިއާތަކަށް މައުލޫމާތު ދިނުން -- ފޮޓޯ: އެކްސް

ޕޮލިސް ކޮލެޖާއެކު ސޮއި ކުރި އެއްބަސްވުމާއެކު ރާއްޖެއިން އިންޑިއާއާއެކު މުހިންމު ފަސް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫތަކުގައި އިންޑިއާއާއެކު ރާއްޖެއިން ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމަށްފަހެވެ.

އިންޑިއާގެ ރާޝްތިރިޔާ ރަކްޝާ ޔުނިވާސިޓީ އޮފް އިންޑިއާ އާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އޮފް މޯލްޑިވްސްއާ ދެމެދު އެމްއޯޔޫގައި ސޮއިކުރީ ދެ ތަނުން ގުޅިގެން މަސައްކަތް ކުރުމަށެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ ބޯޑާ މެނޭޖްމަންޓް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ސެކްރެޓަރީ ޑރ. ރާޖެންދުރަ ކުމާރެވެ.

ކޮރަޕްޝަނާ ނައްތާލުމާ ގުޅޭ އެމްއޯޔޫގައި އޭސީސީއާއެކު ސޮއިކުރީ ސެންޓްރަލް ބިއުރޯ އޮފް އިންޑިއާއާ އެކުގަ އެވެ. އެ އެއްބަސްވުމުގައި ވެސް ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިބްރާހިމް ޝަހީބެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ޑރ. ރާޖެންދުރަ ކުމާރެވެ.

ނެޝަނަލް ޖުޑީޝަލް އެކެޑަމީ އޮފް އިންޑިއާ (އެންޖޭއޭއައި) އަދި ޖުޑީޝަލް ސާވިސް ކޮމިޝަން އޮފް މޯލްޑިވްސް (ޖޭއެސްސީ) އާ ދެމެދު ކުރިން ހަދާފައި އޮތް އެމްއޯޔޫ ވަނީ އާކޮށްފަ އެވެ.

އެ އެމްއޯޔޫގެ ދަށުން އެންޖޭއޭއައި އިން ޓްރެއިނިންތައް ހިންގުމާއި ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ރާއްޖޭގެ ޖުޑީޝަލް އޮފިސަރުންނަށް ހިންގައި ދިނުން ހިމެނެ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ކުރިން ހަދާފައި އޮތް އެމްއޯޔޫ ވެސް ވަނީ އާކޮށްފަ އެވެ. އަދި ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ވެސް ދެ ގައުމުގެ ފަރާތުން ވަނީ ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox