އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަނީ ޔަހޫދީންނާ ދެކޮޅުވެގެނެއް ނޫން، ޔަހޫދީންނަށް ވެސް ރާއްޖެއިން މަރުހަބާ ކިޔާނެ: ރައީސް

Sep 28, 2024, 7:33 AM
ރައީސް މުއިއްޒު ޕްރިންސްޓަން ޔުނިވާސިޓީގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ހެވާއި ނުބަޔަކީ ވަކި ދީނަކަށް ނިސްބަތްވާ ކަމެއް ނޫން ކަމަށް -- ފޮޓޯ: ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒް

ރައީސް މުއިއްޒު ޕްރިންސްޓަން ޔުނިވާސިޓީގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ހެވާއި ނުބަޔަކީ ވަކި ދީނަކަށް ނިސްބަތްވާ ކަމެއް ނޫން ކަމަށް -- ފޮޓޯ: ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒް

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރާއްޖެއިން މަސައްކަތް ކުރަނީ ޔަހޫދީންނާ ދެކޮޅުވެގެން ނޫން ކަމަށާއި ހުރިހާ ދީނެއްގެ މީހުންނަށް ވެސް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބޭނުމަކީ، އެ ގައުމުން ފަލަސްތީނުގައި ހިންގާ ޖަރީމާތައް ބަލައިނުގަނެ އެކަން ކުށްވެރި ކުރުން ކަމަށެވެ.

"ރާއްޖޭގެ މަގުސަދަކީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މި ހިންގާ ޖަރީމާތައް، މި ކުށްތައް ބަލައިނުގަނެ، ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ރާއްޖެއަށް ކުރެވޭނެ ކަމެއް ކުރުން. ރައްޔިތުންގެ މަޖިލީހުން ފާސްވާހާ އަވަހަކަށް އިޒްރޭލުގެ ޕާސްޕޯޓު މަނާވާނެ،" އެ ޔުނިވާސިޓީގެ ދަރިވަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެން ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަނީ އެއްވެސް ހާލެއްގައި ޔަހޫދީންނާ ދެކޮޅުވެގެން ނޫން ކަމަށެވެ. އަދި ހުރިހާ ދީނެއްގެ މީހުންނަށް ވެސް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ ވަރަށް ސާފުކޮށް. އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަގުސަދަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ކަންތައްތައް ބަލައިނުގަތުން. އެއީ ޔަހޫދީން ނުވަތަ އެހެންވެސް ދީނަކާ ގުޅުން ހުރި ކަމެއް ނޫން. ހެވާއި ނުބަޔަކީ ވަކި ދީނަކަށް ނިސްބަތްވާންޖެހޭ ކަމެއް ނޫން. ޔަހޫދީއެއް ވިޔަސް، ނަސާރާއެއް ވިޔަސް މުސްލިމެއް ވިޔަސް، އެންމެންނަށް ވެސް ރާއްޖެއިން މަރުހަބާ ކިޔާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން، އެމަނިކުފާނަކީ އަދި ރާއްޖެއަކީ އެންޓި-ސެމިޓިކް ބައެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ހުރިހާ އިންސާނުން ވެސް ހަމަހަމަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އެންޓި-ސެމިޓިކް ބައެއް ނޫން. އަޅުގަނޑުންނަކީ ހުރިހާ ގައުމަކާ ވެސް ރަހުމަތްތެރި ބައެއް. އަޅުގަނޑު ގަބޫލު ކުރަނީ އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް. ހުރިހާ އިންސާނުންނަކީ ވެސް ހަމަހަމަ ބައެއް. އެންމެންނަށް ވެސް ދިރި ހުރުމުގެ ހައްގު ލިބިގެންވޭ. ކޮންމެ އިންސާނަކީ ވެސް އަބުރުވެރި މީހެއް،" ރައީސް ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އޮތީ ހުށަހަޅައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް މިހާރު ފޮނުވައިގެން އުޅެނީ އެ ބިލެވެ. އެ ބިލު އެހެން އޮއްވައި، ގާނޫނުތަކަށް އިސްލާހު ގެނެސްގެން، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެކަން ސަރުކާރުން އިއުލާނު ކުރީ ޖޫން 2، 2024، ގަ އެވެ.

ނަމަވެސް އެއަށްފަހު އެންމެ ދެ މަސް ދުވަސް ވެސް ނުވަނީސް ސަރުކާރުން ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ ގޮތުން ތަފާތު ވާހަކައެއް ދައްކައި، ވާހަކަ ބަދަލުކޮށްގަ އެވެ.

"ބައެއް ބޭފުޅުންގެ ހަމަ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ މިހާރު ބިލު ހުށަހެޅިފައި އޮތް ގޮތުން، އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑްކުރާ ފަލަސްތީނުގެ ވަރަށް ބައިވަރު ރައްޔިތުން ވެސް އެބަތިބި، މިލިޔަނުން ގުނައިލެވޭ، އެހެންވީމާ ބްލެންކެޓް ބޭންއެއް އަޅުގަނޑުމެން އެހެން ކޮށްފިކަމުގައި ވަނީ ނަމަ ކިހިނެތްތޯ ވާނީ، މިއީ ކުޑަކޮށް ވިސްނައިލަން ޖެހޭ ކަހަލަ ކަންކަން،" ޖުލައި 13، ގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox