ރައީސް މުއިއްޒު ޗައިނާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވާ މަޝްވަރާތަކެއް ބާއްވައިފި

ރައީސް މުއިއްޒު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް އާއެކު: މިއަދު ވަނީ  ދެ ގައުމުގެ ދެމެދު މަޝްވަރާތަކެއް ބާއްވާފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް އާއެކު: މިއަދު ވަނީ ދެ ގައުމުގެ ދެމެދު މަޝްވަރާތަކެއް ބާއްވާފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ބައްދަލުކުރައްވާ، ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތަކެއް ބާއްވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިހާރު އެމެރިކާގެ ނިއުޔޯކުގައި އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގެ ހަވާސާގަ އެވެ. ރައީސް މުއިއްޒުގެ އިތުރުން ދިވެހި ސަރުކާރުން މަޝްވަރާތަކުގައި ބައިވެރިވި ވަފުދުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ހާރިޖީ ވުޒާރާގެ އިސްވެރިން ހިމެނުނެވެ.

ޗައިނާގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވީ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އެ ގައުމުގެ ސަރުކާރުން ފޮނުވި މަތީ ފަންތީގެ ވަފުދުންނެވެ. އެ ގައުމުގެ ވަފުދު ލީޑުކުރައްވަނީ ހާރިޖީ ވަޒީރު ވަންގް އެވެ.

އެ ގައުމުގެ ހާރިޖީ ވަޒީރުގެ އިތުރުން، ވަންގް އަކީ ޗައިނާގަ ވެރިކަންކުރާ ކޮމިއުނިސްޓު ޕާޓީގެ ލިޓިކަލް ބިއުރޯގެ މެމްބަރެކެވެ. އެ ޕާޓީއާއި ރައީސް މުއިއްޒުގެ ޕީއެންސީ ދަނީ ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖެއާ ޗައިނާ އާ ދެމެދު މިއަދު އެމެރިކާގެ ނިއުޔޯކުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއާ ޗައިނާ އާ ދެމެދު މިއަދު އެމެރިކާގެ ނިއުޔޯކުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާ ޗައިނާ އާ ދެމެދު މިއަދު އެމެރިކާގެ ނިއުޔޯކުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން މިރޭ ބުނި ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ދެ ގައުމުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރި އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ޗައިނާއިން ދޭ އެހީތެރިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ޗައިނާއަށް ޝުކުރު ދެންނެވި ކަމަށްވެ އެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ވަފުދުން ވަނީ ދެ ގައުމުގެ ދެމެދު ގުޅުން އޮތް ހުރިހާ ދާއިރާއަކުން އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. ހާއްސަކޮށް މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޗައިނާއިން ދިން ކަމަށްވެ އެވެ.

ރާއްޖެ-ޗައިނާ ބައްދަލުވުމާ ގުޅޭގޮތުން ދިވެހި ހާރިޖިއްޔާއިން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރި ކަމަށެވެ.

އދ. ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އެމެރިކާއަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހު އެވެ. މި ދަތުރުގައި ގިނަ ގައުމުގަތަކުގެ އިސްވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ބެލެވޭއިރު މިއީ އެފަދައިން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox