ސްރީލަންކާގެ އިންތިހާބީ ރައީސަށް ރައީސް މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިސަނަޔަކެ -- ފޮޓޯ: އޭޕީ ނިއުސް

ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިސަނަޔަކެ -- ފޮޓޯ: އޭޕީ ނިއުސް

ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ ކުމާރާ ޑިސަނަޔަކެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާތް އަވައްޓެރިއެއްގެ ގޮތުން ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެއް އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"[ސްރީލަންކާގެ] ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެއަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ދަންނަވަން، ގާތް އަވައްޓެރިންގެ ހައިސިއްޔަތުން ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު އޮތް ތާރީހީ ރަހުމަތްތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް މަނިކުފާނާއެކު މަސައްކަތް ކުރުމަށް އަޅުގަނޑު އުއްމީދު ކުރަން،" ރައީސް މުއިއްޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެމަނިކުފާނުގެ ޕޯސްޓު ނިންމަވައިލައްވަމުން ވިދާޅުވީ ޑިސަނަޔަކެގެ ވެރިކަމުގައި ސްރީލަންކާއަށް ފާގަތި ދުވަސްތަކެއް ލިބުން އެދިވަޑައިގަންނަވާ ކަމަށެވެ.

ސްރީލަންކާގެ އާ ރައީސްއަކު ހޮވަން އިއްޔެ ބޭއްވި އެ ގައުމުގެ ރިޔާސީ އިންތިހާބު އަނޫރާ ކުމާރާ ޑިސަނަޔަކެ ކާމިޔާބު ކުރެއްވީ ޕްރިފަރެންސް ވޯޓުތަކުން ކުރި ހޯއްދަވައިގެންނެވެ. ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ހަމަޖެހިފައި އޮންނަނީ ކޮންމެ މީހަކަށް ވެސް ވެރިކަމަށް ގެންނަން އެންމެ ބޭނުންވާ ތަރުރީބަކުން ތިން ކެންޑިޑޭޓަކަށް ވޯޓު ދޭ ގޮތަށެވެ.

ފުރަތަމަ ބުރުގައި ގުނާނީ ކޮންމެ ވޯޓެއްގެ ވެސް އެއްވަނައިގައި އޮންނަ ނަމަށް ބަލައިގެންނެވެ. އެގޮތަށް ގުނާއިރު، އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ކާމިޔާބު ނުކުރެވިއްޖެ ނަމަ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު ހޮވަން ދެވަނަ އަދި ތިންވަނައަށް ދީފައި ހުރި ވޯޓުތައް ގުނަ އެވެ.

ޕްރިފަރެންސް ވޯތުތައް ގުނާއިރު، ނަތީޖާ ބަލާނީ ފުރަތަމަ ގުނިއިރު، އެންމެ ކުރީގައި އުޅޭ ދެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުން 50 އިންސައްތަ ލިބޭ ކެންޑިޑޭޓަކަށް ބަލައިގެންނެވެ.

ޑިސަނަޔަކެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާގެ ވަގުތެއްގައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރެ އެވެ. ނަމަވެސް އެ ރަސްމިއްޔާތުގެ ތަފުސީލެއް ރަސްމީކޮށް އަދި އާންމެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox