ޕީއެންސީގެ ވެރިން އެ ވަރަށް ތުރުތުރު އެ އަޅަނީ އަދަދު ނޫހުން ގެނެސްދިން ވާހަކަތަކުގައި ހަގީގަތެއް އޮތީމަ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެއަށް ބަދަލު ކުރި ދުވަހުގެ މަންޒަރެއް. -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެއަށް ބަދަލު ކުރި ދުވަހުގެ މަންޒަރެއް. -- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ މެންބަރުންނަށް ފައިސާ ބަހާ ވާހަކައާ ގުޅޭ ގޮތުން "ބައިލައްކަ" ނަމުގައި އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން ޕީއެންސީގެ ވެރިން ކަންބޮޑުވެ، އެހާ ވަރަށް "ތުރުތުރު" އެ އަޅަނީ އެކަމުގައި ހަގީގަތެއް އޮތުމުން ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީންގެ އަމިއްލަ ގެ، ހ. ދޫވެހީގައި ހުންނަ ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ނޫސްވެރިންނަކީ އެ މީހުންނަށް ގަބޫލު ކުރެވޭ ވާހަކަތަކެއް ރައްޔިތުންގެ ސަމާލުކަމަށް އަދި ސަރުކާރުގެ ސަމާލު ކަމަށް ގެންނަ ބައެއް ކަމަށެވެ.

"ބައިލައްކަ" ޑޮކިއުމެންޓްރީގައި ފެންނަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ ގެއަށް، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ވަންނަ ތަނާއި، އެއަށް ފަހު ބަރުކަޅު ދަބަހެއް ނެރެގެން ދާތަނާއި، އެ ދަބަސް މުހައްމަދު އަލީ ޕީއެންސީ އޮފީހަށް ވައްދާ މަންޒަރެވެ. އަދި އެ ވަގުތާ އިއްތިފާގުވެ، ޕީއެންސީ އަށް ނިސްބަތްވާ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ވަކިވަކިން ޕީއެންސީގެ އޮފީހަށް ކުޑަ ހިނދުކޮޅަކަށް ވަދެނުކުންނަ މަންޒަރެވެ.

އެ ރެޔަކީ ރައީސް އޮފީހުން ޕީއެންސީގެ މެންބަރުންނަށް ފައިސާ ވެސް ބެހި ރޭ ކަމަށް މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދީފައިވެ އެވެެ.

"ބައިލައްކަ" ޑޮކިއުމެންޓްރީ ވައިރަލްވާން ފެށުމުން، ރައީސްގެ ފަރާތުން މެންބަރުންނަށް ފައިސާ ދޭ ވާހަކައަކީ ދޮގެއް ކަމާއި އަދަދު ނޫހާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް އޮފީހުން ދިނެވެ.

"އަދަދު ނޫހުގައި މި ވާހަކަތައް ދައްކަން ފެށީމަ ދައުލަތުން މި ދެއްވީ ވަރުގަދަ އިންޒާރެއް. މިއީ ހަމަ އިންޒާރުގެ ސަރުކާރަކަށް މި ވަނީ،" ޕީއެންއެފްގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަތަކުގައި "އޮއްޓަރެއް ނެތް ކަމަށް ވަންޏާ ކީއްވެތޯ އެހޭ ތުރުތުރު އަޅަންވީ،" ޔާމީން ވިދާޅުވި އެވެ.

"އޭގައި ކޮންމެވެސް ވަރެއްގެ ތެދެއް އޮތީމަ އެހާވަރަށް ތުރުތުރު އެ އަޅަނީ. އެހެން ނޫނީ ކޮންކަމަކާތޯ ކަންބޮޑުވާންވީ."

ވެރިކަމުގައި ހުންނަވާއިރު، ރައީސްއާބެހޭ ގޮތުން މީހުން ލައްކަ ވާހަކަ ދައްކާނެ ކަމަށާއި ބާޒާރުމަތީގައި ދައްކާ ހުރިހާ ވާހަކައެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނަން ގެނެވިއްޖެ ކަމަށްވަންޏާ ދެން ފިޔަވަޅު އަޅަންވީތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

"އެއީތޯ ޑިމޮކްރަސީއަކީ، އެއީތޯ ފްރީޑަމް އޮފް އެކްސްޕްރެޝަންއަކީ. ފްރީޑަމް އޮފް އެކްސްޕްރެޝަން އެބަ އޮތް ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނުއަސާސީގައި ދޭ މިންވަރަށް ހަމަ ރައްޔިތުންނަށް ވެސް މިހާރު އެ ވާހަކަ ދެއްކެން އެބަ އޮތް. އެ ފްރީޑަމް އޮންނަން ޖެހޭނެ. އެ ފްރީޑަމްއާއެކީ ޑިމޮކްރަސީގައި ވެރިޔަކަށް ކުރިޔަށްދާން ކެރެންވާނެ،" ޔާމީން ވިދާޅުވި އެވެ.

އަދަދު ނޫހާމެދު ފިޔަވަޅު އަޅަން ބަޔާން ނެރުނީ ކިހައި މިންވަރަކަށް ފުދިގެންތޯ ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ. ފިޔަވަޅު އަޅާ ވާހަކަ އެ ދައްކަނީ ބިރު ގެންނެވުމާއި އަދަދު ނޫހުން ގެނެސްދީފައި ވަނީ ދޮގު ވާހަކައެއެއް ކަން ދެއްކުމަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު ހިނގަހިނގާ އޮތް ނޫހަކާ ދޭތެރޭގައި މިހެން ކުރާ ކޮންމެ ކަަކާމެދު ފިޔަވަޅު އަޅާކަމުގައި ވަންޏާ، އެ ބުނެދެނީ ލައްކަ ވާހަކަ،" ޔާމީން ވިދާޅުވި އެވެ.

"ބައިލައްކަ" ޑޮކިއުމެންޓްރީއާ ގުޅިގެން ޕީއެންސީގެ މަޖިލީހުގެ މެންބަރުންނާއި ބައެއް ސަޕޯޓަރުން ވެސް ދަނީ އަދަދު ނޫހަށް އިންޒާރުތައް ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox