އިގްތިސާދު އޮތީ ވެންޓިލޭޓަރުގައި، އިސްލާހީ ފިޔަވަޅު ނާޅައިފިނަމަ ބަނގުރޫޓުވެދާނެ: އެމްޓީއޭ

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން: އިގްތިސާދު އޮތީ ވެންޓިލޭޓަރުގައި، އިސްލާހީ ފިޔަވަޅު ނާޅައިފިނަމަ ބަނގުރޫޓުވެދާނެ ކަމަށް ވަނީ ބުނެފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން: އިގްތިސާދު އޮތީ ވެންޓިލޭޓަރުގައި، އިސްލާހީ ފިޔަވަޅު ނާޅައިފިނަމަ ބަނގުރޫޓުވެދާނެ ކަމަށް ވަނީ ބުނެފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދުވަހުން ދުވަހަށް ގޯސްވެ، އަރައިގަނެވޭނެ މަގުތައް ބަންދުވާތީ ކަންބޮޑުވާ ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން މިއަދު ބުނެފި އެވެ.

އެމްޓީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސާދު ބަނގުރޫޓު ވަމުންދާކަމުގެ ހުރިހާ އަލާމާތެއް މިހާރު ފެންނަން ފަށާފައިވާ ކަމަށާއި ނަމަވެސް އެ ހުރިހާ އިންޒާރުތަކަށް ސަރުކާރުގެ އިސްވެރިން ތިބީ ދެލޯ މަރާލައިގެން ކަމަށެވެ.

"ރާއްޖޭގެ މިއަދުގެ ހާލަތަކީ ގައުމުގެ ދަރަނި އިގްތިސާދީ ރަތް ރޮނގު ހުރަސްކޮށްފައިވުން. ބަޖެޓް ސަޕޯޓަށް ފައިސާ ލިބޭތޯ ކޮންމެ ދުވަހަކު ވެސް މި ވަނީ އެހެން ގައުމުތަކުގައި ސަލާން ޖަހަން ޖެހިފައި. ކޮންމެ މަހެއް ވެސް ނިމިގެން މިދަނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވިދާނެތޯ ހިތާހިތާ ސުވާލުކޮށްލަން ޖެހޭ ހާލަތުގައި،" އެމްޓީއޭއިން ބުންޏެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ރައްޔިތުން ހާލުގައި ޖެހި އިގްތިސާދީ ބޮޑު ކާރިސާއެއްގެ ވިލާގަނޑު ބޯމަތިވެފައިވީ ނަމަވެސް، ސަރުކާރުން މި ހާލަތު ސިއްރުކޮށް ގައުމުގެ ހާލަތު ހާލަތު ހޭރިޔާ ކޮށްފައި ހުރީ އެންމެ ރަނގަޅު މިސްރާބަށް ކަމަށް ދައްކާތީ ކަންބޮޑުވާ ކަމަށް ވެސް އެމްޓީއޭއިން ބުންޏެވެ.

އެމްޓީއޭއިން ބުނީ ހާލަތު ސިއްރުކޮށް ރައްޔިތުންނަށް ހުވަފެން ދައްކަމުން ދިޔުމަކީ ގައުމުގެ އިގްތިސާދީ ސިޔާސަތު ރޭވުމުގެ ޒިންމާ ރައްޔިތުން ހަވާލުކޮށްފައި ތިބި އިސް ފަރާތްތަކުން ރައްޔިތުންނަށްވާ ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ.

"ރާއްޖޭގެ އިގްތިސާދީ އަސްލު ހާލަތު އާންމު ރައްޔިތުންނަށް ފުރިހަމައަށް ބަޔާންކޮށްދީ ސަރުކާރުން ސިޔާސީ މަގުސަދު ހާސިލު ކުރުމަށް ކުރަމުންދާ އިސްރާފުތައް ކުޑަކޮށް، ސިޔާސީ މަގާމުތައް މަދުކޮށް، ދައުލަތުގެ މުއައްސަސާތަކުގައި ރޯމާދުވާލު ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި ދެއްވުމަށް ގައުމުގެ ވަލިއްޔުލް އަމުރަށް ގޮވާލަން،" އެމްޓީއޭއިން ބުންޏެވެ.

އޭގެ އިތުރުން، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކޮށް، ގައުމަށް ކުރިމަތިވަމުންދާ އިގްތިސާދީ ކާރިސާއިން އަރައިގަނެވޭނެ މަގުފަހިކޮށް އިގްތިސާދު އަލުން ހަމަ މަގަށް އަޅުވަން ސަރުކާރުން ކަމާ ގުޅުންހުރި ޖަމިއްޔާ ޖަމާއަތްތަކާއި ސިޔާސީ ހުރިހާ ފިކުރާއެކީ ވެސް މަޝްވަރާގެ މޭޒަށް އައުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox