ހެންވޭރު ސޯސަން މަގު ކޮޅުގައި ހުންނަ ގާމަގު ކެފޭގައި އަލިފާން ރޯވެގެން ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އަލިފާން ރޯވެފައިވަނީ އެ ކެފޭގެ މަތީ ފްލޯގަ އެވެ. ބެލެވޭ ގޮތުގައި އެއީ އެ ކެފޭގެ ބަދިގެ ހުންނަ ފްލޯ އެވެ.
އެ ކެފޭއާ ކައިރީގައި ހުރި އިމާރާތްތަކުން މީހުން ހުސްކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި "އަދަދު" ގެ ނޫސްވެރިން މައުލޫމާތު ދެ އެވެ.
އެމްއެންޑީއެފްއިން 15:38 ގައި މައުލޫމާތު ދިން ގޮތުގައި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.













