މާލީ ތާށިކަމުގައި އޮއްވައި އެޑިއުކޭޝަނަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް އައްޔަނުކޮށްފި

އެޑިއުކޭޝަން މިނިސްޓަރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް އައްޔަނު ކުރި ހަބީބު -- ފޮޓޯ: ފޭސްބުކް

އެޑިއުކޭޝަން މިނިސްޓަރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް އައްޔަނު ކުރި ހަބީބު -- ފޮޓޯ: ފޭސްބުކް

މާލީ ތާށިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުގެ ހަރަދުތައް ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އެޑިއުކޭޝަން މިނިސްޓަރީއަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް އައްޔަނުކޮށްފި އެވެ.

"އަދަދު" އަށް އެނގިފައި ވާގޮތުގައި އެޑިއުކޭޝަނަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ ގޮތުގައި އައްޔަނު ކުރީ ހަބީބު މުހައްމަދު އެވެ. އެޑިއުކޭޝަނުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ހަބީބު އައްޔަނު ކޮށްފައިވާކަން އެ މިނިސްޓަރީގެ މީޑިއާ އޮފިސަރު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ހަބީބު އައްޔަނު ކުރިކަން އޭނާ ވަނީ ސޯޝަލް މީޑިއާގައި އިއުލާނު ކޮށްފަ އެވެ. އެކަން އިއުލާނު ކުރުމާއެކު އެނާގެ ގާތް ރަހުމަތްތެރިން ދަނީ އޭނާއަށް މަރުހަބާ ކިޔައި މެސެޖުތައް ކުރަމުންނެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ޑޮލަރުގެ ތާށިކަން އިންތިހާއަށް އޮތް ދަނޑިވަޅުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުނުކޮށް، އަދިވެސް އިތުރަށް ސިޔާސީ މުވައްޒަފުން ނަގަމުންދާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

އެޑިއުކޭޝަނުގެ ސިޔާސީ މަގާމަކަށް ހަބީބު އައްޔަނު ކުރިއިރު، މިދިޔަ މެއި 1 އާ ހަމައަށް އެ މިނިސްޓަރީގައި 32 ސިޔާސީ މުވައްޒަފުން ތިބިކަމަށް މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.

އެ ހުރިހާ ސިޔާސީ މުވައްޒަފުންގެ މުސާރައަށް ކޮންމެ މަހަކަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ. އަހަރެއްގެ މައްޗަށް ބަލާނަމަ، އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް 12.2 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. ފަސް އަހަރަށް ހިސާބުކުރާ ނަމަ އެއީ 61.2 މިލިއަން ރުފިޔާ އެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރާށެވެ. ނަމަވެސް އެ އަދަދު އެއަށް ވުރެ ބޮޑު ތަނުން ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox