އިންޑިއާގެ ނެޝަނަލް ޑިފެންސް ކޮލެޖަށް ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައުލޫމާތު ދީފި

އިންޑިއާ ޑިފެންސް ކޮލެޖުގެ ވަފުދާއެކު ފޮރިން މިނިސްޓްރީގެ ބައެއް އިސްވެރިން. ދެ ގައުމުގެ މެދުގައި ގުޅުން ހީނަރުވުމަށް ފަހު މިހާރު ވަނީ ރަނގަޅުވާން ފަށާފައި --- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާ ޑިފެންސް ކޮލެޖުގެ ވަފުދާއެކު ފޮރިން މިނިސްޓްރީގެ ބައެއް އިސްވެރިން. ދެ ގައުމުގެ މެދުގައި ގުޅުން ހީނަރުވުމަށް ފަހު މިހާރު ވަނީ ރަނގަޅުވާން ފަށާފައި --- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ ނެޝަނަލް ކޮލެޖު އޮފް ޑިފެންސްގެ ވަފުދަކުން ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން ފޮރިން މިނިސްޓްރީގެ އިސްވެރިންނާ މިއަދު ބައްދަލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މައުލޫމާތު ދިނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިންނެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން އެ ވަފުދަށް މައުލޫމާތު ދިންއިރު ދޭދޭ ގައުމުތަކާއި އެކިއެކި މަލްޓިލެޓަރަލް ފޯރަމްތަކުގައި ރާއްޖޭގެ ހާރިޖިއްޔާއިން ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް ވަނީ އިންޑިއާގެ ވަފުދަށް ދީފަ އެވެ.

Advertisement

އެ ކޮލެޖަކީ އިންޑިއާގެ ސަރުކާރުން އެގައުމުގެ ޑިފެންސް މިނިސްޓްރީ މެދުވެރިގެން ހިންގާ ކޮލެޖެކެވެ. ނިއު ދިއްލީގައި ހުންނަ މި ކޮލެޖު އުފެއްދީ 1960 ގަ އެވެ. އިންޑިއާގެ އަސްކަރިއްޔާގެ އިސް އޮފިސަރުންގެ ތެރެެއިން ގިނަ ބަޔަކު މަތީ ތައުލީމު ހާސިލުކުރަނީ މި ކޮލެޖުންނެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ހީނަރުވެގެންދިޔަ އެވެ. ނަމަވެސް, ޖެހުނު މައްސަލަތައް ހައްލުކޮށް ދެ ގައުމުން އަނެއްކާ ވެސް މަސައްކަތް ކުރަމުންދަނީ ގުޅުން އިއާދަ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox