ރައީސްގެ ފަރާތުން ބަހާ ފައިސާ ހޯދާ ގޮތާމެދު ބައެއް މެންބަރުން ކަންބޮޑުވެއްޖެ

ރައީސްގެ ފަރާތުން ބަހާ ފައިސާ ހޯދާ ގޮތާމެދު ބައެއް މެންބަރުން ކަންބޮޑުވެއްޖެ

ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮންމެ މަހަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބަހާ ފައިސާ ހޯއްދަވާ ގޮތާމެދު އެ ޕާޓީގެ ބައެއް މެންބަރުން ކަންބޮޑުވެއްޖެ އެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީސް މެއި މަހު ފެށި ފަހުން ކޮންމެ މަހަކު ވެސް، ބޭނުންވާ ކޮންމެ މެންބަރަކަށް ރައީސްގެ ފަރާތުން 50،000ރ. ލިބޭ ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވި އެވެ. އެކަން މީގެ ކުރިން ވެސް ރިޕޯޓުކޮށްފައިވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ 75 މެންބަރުން ތިއްބެވިއިރު، އެ ހުރިހާ މެންބަރުންނަށް ފައިސާ ދޭން މަހަކު 3.75 މިލިއަން ރުފިޔާ ބޭނުންވާނެ އެވެ. ޕާޓީގެ ސިޔާސީ ހަރަކާތްތަކާއި އިދާރީ ހަރުދަށް ވެސް ރައީސްގެ ފަރާތުން ފައިސާ ދޭ ކަމަށް، އެކަން އެނގޭ ބައެއް މެންބަރުން "އަދަދު" ނޫހަށް ވިދާޅުވި އެވެ.

"ކޮންމެ މަހަކު ރައީސް ހައެއްކަ މިލިއަން ރުފިޔާ ބަހާ ވާހަކަ މި ދައްކަނީ. ކުޑަ އަދަދެއް ނޫން. އެ ވަރަށް އެ ފައިސާ ހޯދަނީ ކިހިނެއް ކަމެއް ވެސް ނޭނގޭ،" މެންބަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް މެންބަރުން މަހަކު 100،000ރ ވެސް ދެ އެވެ. އެއީ ރައީސް މުއިއްޒުގެ އިތުބާރު ބޮޑަށް ލިބިވަޑައިގެންފައިވާ މެންބަރުންކަމަށް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ފައިސާ ދިނުމަށް ގުޅުއްވަނީ ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި، ރައީސްގެ އަރިސް ބޭފުޅެކެވެ.

"މި ފައިސާ އެ ހޯއްދަވަނީ ކިހިނެއްތޯ ސުވާލު އުފެދޭ،" މެންބަރަކު ވިދާޅުވި އެވެ.

ޕީއެންސީގެ ސިޔާސީ ހަރަކާތްތަކަށް ސަރުކާރުގެ ބައެއް އެސްއޯއީތައް ހިންގަން ތިބި ފަރާތްތަކުން ފައިސާ ހޯދައިދޭ ކަމަށް އެ ޕާޓީގެ އެތެރޭގެ ކަންކަން އެނގޭ ބައެއް މަސްދަރުތަކުން "އަދަދު" ނޫހަށް ބުނެފައި ވެ އެވެ.

"ރައީސްގެ ފަރާތުން" ދެއްވާ ފައިސާއާ ނުލައި ވެސް މަޖިލިސް މެންބަރަކަށް ކޮމެޓީ އެލެވެންސްގެ ގޮތުގައި ލިބޭ 20،000ރ. އާއެކު ކޮންމެ މަހަކު ޖުމުލަ 82،500ރ. ލިބެ އެވެ.

ރައީސްގެ ފަރާތުން މެންބަރުންނަށް ފައިސާ ބަހާއިރު، އެ މަނިކުފާނަކީ ވިޔަފާރިއެއް ކުރައްވާ ބޭފުޅެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ގޮތުގައި އެމަނިކުފާނަށް މަހަކު ލިބިވަޑައިގަންނަވާނީ 100،000ރ. އެވެ.

މެންބަރުންނަށް ފައިސާ ދޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާކަން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox