އަބްދުއްރަހީމް ވިދާޅުވީ ރަނގަޅަށް، ބްރިޖުގެ ވާހަކަ ދެއްކި މީޓިން ތެރޭ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ކުރީގެ ރައީސް ޔާމީނުގެ ފޮޓޯއެއް ފަހަތުގައި ބަހައްޓަވައިގެން ވާހަކަ ދައްކަވަނީ. ފޮޓޯ:ޕީޕީއެމް

ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ކުރީގެ ރައީސް ޔާމީނުގެ ފޮޓޯއެއް ފަހަތުގައި ބަހައްޓަވައިގެން ވާހަކަ ދައްކަވަނީ. ފޮޓޯ:ޕީޕީއެމް

ބްރިޖުގެ ލޭނެއް "މަދުވެގެން" އެކަމާ ކޯފާވެ، ކުރީގެ ރައީސް ޔާމީން "ބަވައިލި" ވާހަކައަކީ ތެދެއް ކަމަށާއި އެ ބައްދަލުވުމުގެ ތެރެއިން އެމަނިކުފާނަށް ރޮވުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބްރިޖުގެ ލޭނެއް މަދުވެގެން މުއިއްޒަށް ކީރިތި ކުރެއްވެންދެން ބަވައިލި ވާހަަކަ މިފަހުން ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ސަންގު ޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ދެއްކެވި އެވާހަކަ އާ ބެހޭ ގޮތުން ރައީސް އިއްޔެ ވާހަކަ ދެއްކެވީ ވެސް ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ރައީސް ވިދާޅުވީ ފިޒިކަލީ ވަކިކޮށްފައިވާ ސައިކަލު ލޭނެއް ބްރިޖްގައި ނެތިގެން، އެފަދަ ލޭނެއް އިތުރުކޮށްފައި ނޫނީ ނުހުޅުވަން އަންގަވައި ޔާމީން "ބަވައިލީ" ސަކީނާ މަންޒިލުގައި އެހެން އެތައް ވަޒީރުންނެއްގެ ކުރިމަތީގައި ކަމަށެވެ. އެހެން ނަމަވެސް ބްރިޖުގެ މަަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލުކުރި އިރު ބްރިޖު ހަދަން އޮތީ މިހާރު ވެސް އެ އޮތް ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިނިސްޓާސް، އެމްޕީސް، ސާޅީހަށް ވުރެ ގިނަ މީހުން ތިބޭނެ އެތާނގައި، ދެން [ރައީސް ޔާމީނު] ވިދާޅުވި އެތާ އެންމެންގެ ހާޒިރުގައި، ބްރިޖް ނުހުޅުވޭނޭ، މީގައި ސައިކަލަށް ވަކި ލޭނެއް ނެތޭ، ފިޒިކަލީ ވަކިން ބެރިއާ ކޮށްފައި ލޭނެއް އޮންނަން ބޭނުންވޭ، އެހެންނޫނިއްޔާ އެެކްސިޑެންޓްސްތައް ވާނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނާމެދު ކޯފާވުމުގެ ކުރިން ވެސް ސައިކަލު ލޭނެއް ވަކިން އޮންނަން ޖެހޭނެ ކަމަށް ޔާމީނު ވިދާޅުވި އެވެ. އެފަހަރު އެވާހަކަ ދެއްކެވީ ބްރިޖު ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ.

"ދެން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަކަށްވި، ވަކި ލޭނެއް އެގޮތަށް ކަނޑައަޅަން، އަޅުގަނޑުމެން ކަނޑައަޅާފައި އެއޮތީ ސައިކަލު ލޭނަކާ ހެވީ ޓްރެފިކް، ހެވީ ވެހިކަލް ލޭނަކާ، ދެން މިހާރު ހަމަ އެއޮތީ އެގޮތަށް،" ރައީސް ވިދާޅުވި އެވެ.

ސައިކަލަށް ވަކި ލޭނެއް ހެދުމަކީ މަސައްކަތް އެެހިސާބަށް ދިއުމުން ދެން ކުރެވޭނެ ކަމަކަަށް ނުވާތީ ފަހުން ބެއްލެވީ ހިނގާފައިދާން މިހާރު އެ އޮތް ލޭނު ސައިކަލް ދުއްވާ ލޭނަކަށް ބަދަލުކުރެވޭތޯ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެގޮތަށް މަސައްކަތް ކުރެއްވީ ވެސް ޔާމީނު އަންގަވައިގެން ކަމަށެވެ.

"ދެން އަޅުގަނޑުމެން ފިޒިކަލީ ވެސް އެތަނުގެ މައްޗަށް ސައިކަލު އަރުވައިގެން ދުއްވޭތޯ ވެސް ބެލިން،" ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެތަނުގައި އަޅާފައި އޮންނަ ސްލެބަކީ ރައީސް ވިދާޅުވި ގޮތުގައި ސައިކަލް އަރުވަން އެކަށީގެންވާ ގޮތަށް އަޅާފައި އޮތް ސްލެބެއް ނޫނެވެ.

"އެއީ ހަމަ ބައިސްކަލް ދުއްވަން، ނޫނީ ހިނގަން ޑިޒައިންކޮށްފައި އޮތް ތަނެއް."

އެހެން ނަަމަވެސް އެ ލޭނު ސައިކަލް ދުއްވާ ގޮތަށް ބަދަލުކުރަން ޗައިނާ ސަރުކާރާ އެކުގައި މަޝްވަރާ ކޮށްފައިވާނެ ކަމަށާ އެހެން ނަމަވެސް އޭރު އޮތީ އެކަން ވާގޮތަކަށް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބްރިޖް ނުހުޅުވޭނެ ކަމަށް ޔާމީނު ވިދާޅުވުމުން އެހާ ބޮޑަށް ދެރަވީ އެވަރަށް މަސައްކަތް ކުރެއްވުމުން ވެސް ޔާމީނު ގަބޫލުނުކުރެއްވުމުން ކަމަށް ރައީސް ވިދާޅުވި އެވެ. ބްރިޖު ހުޅުވަން ނިންމި ތާރީހަށް ނުހުޅުވާ ނަމަ ޗައިނާއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ކުރާނެ އަސަރު ވިސްނިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

"ދެން ކްލިއަލީ ހަމަ ވިދާޅުވީ ޕްރޮޖެކްޓް، ނުހުޅުވާނަމޭ ބްރިޖެއް ނުހުޅުވާނަމޭ، ނިމުނީއޭ، އެހެން ވިދާޅުވެފައި މީޓީން ނިންމަވާލައްވައިފައި ވަޑައިގެންނެވީ. ދެން އެ ވާހަކައިގެ ތެރޭގައި އަޅުގަނޑަށް ވަރަށް ބޮޑު އަސަރެއް ކުރި، [އަބްދުއްރަހީމް] އެ ވިދާޅުވީ ރަނގަޅަށް، ހަމަ ރޮވުނު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޔާމީނު އެ މޭރުމުން ވާހަކަ ދެއްކެވުމުން، ކީރިތިކުރެއްވުނު އިރު ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތުން ސާޅީހަށް ވުރެ ގިނަ ބޭފުޅުން އެެ ބައްދަލުވުމުގައި ތިއްބެވި އެވެ.

ބްރިޖުގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލުކުރީ ސެޕްޓެމްބަރު، 2014، ގައި ކަމަށާއި އޭގެ ކުރިން އެ މަޝްރޫއާ ގުޅޭ ގޮތުން އޭރުގެ ސަަރުކާރުން ނިންމި ނިންމުންތައް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް އިއްޔެ ވިދާޅުވި އެވެ. އެ މަަޝްރޫއު ހިންގާނީ ހައުސިން މިނިސްޓްރީން ކަމަށް ކަނޑައެޅީ އޭރު ފޮރިން މިނިސްޓްރީއަށް ފޮނުއްވި ސިޓީއެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ކުރިން އަޅުގަނޑަކީ މި މަޝްރޫއުގައި އެއްވެސް ވަރަކަށް ބައިވެރިވިމީހެއް ނޫން. މި ދެންނެވި ތާރީހަށް ފަހު އެ ޕްރޮޖެކްޓްގައި ހިނގި ހުރިހާ ކަމެއް އަޅުގަނޑަށް އެނގޭނެ. މި ދެންނެވި ތާރީހުގެ ފަހުން އެ ޕްރޮޖެކްޓުގައި އެއްވެސް ބަދަލެއް އިސްފިއްޔާ އަޅުގަނޑަށް އެނގޭނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ ފަހުން އެ މަޝްރޫއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox