ދެކުނު އޭޝިއާގެ އާ ޖަމިއްޔާ، ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް ރަސްމީ ކުރަން ރާއްޖެ-ލަންކާ-އިންޑިއާ އެއްބަސްވުމަކަށް

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް ސެކްރެޓޭރިޓް އުފެއްދުމަށް އެއްބަސްވެ ޗާޓަރުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒާ، އިބްރާހިމް ލަތީފް -- ފޮޓޯ: އަދަދު

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް ސެކްރެޓޭރިޓް އުފެއްދުމަށް އެއްބަސްވެ ޗާޓަރުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒާ، އިބްރާހިމް ލަތީފް -- ފޮޓޯ: އަދަދު

ދެކުނު އޭޝިއާގެ ކަނޑުގެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން އިންޑިއާ އާއި ސްރީލަންކާ އަދި ރާއްޖެ ގުޅިގެން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކޮލޮމްބީ ސެކިއުރިޓީ ކޮންކްލޭވް ސެކްރެޓޭރިއެޓެއް އުފެއްދުމަށް އެއްބަސްވެ ތިން ގައުމުގެ ވެރިން ޗާޓަރެއްގައި މިއަދު ސޮއިކޮށްފި އެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް ސެކްރެޓޭރިޓް އުފެއްދުމަށް އެއްބަސްވެ ޗާޓަރުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒާ، އިބްރާހިމް ލަތީފެވެ. އެ ޗާޓަރުގައި އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސް އިން ސޮއިކުރި އެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިއާއިން ޕާކިސްތާނާ އެކު މަސައްކަތް ކުރަން ބޭނުން ނުވާތީ، ސަރަހައްދީ ޖަމިއްޔާ ސާކްގެ ބަދަލުގައި އުފެއްދުމުގެ މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ ވެސް މެންބަރު ގައުމުތައް ގުޅިގެން ސަރަހައްދީ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް އުފައްދަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ޑިސާސްޓާ ރިލީފް އާއި ކައުންޓާ ޓެރަރިޒަމާއި ރެޑިކަލައިޒޭޝަނުގެ އިތުރުން ކޮމްބެޓް ޓްރެފިކިން އާއި ސައިބާ ސެކިއުރިޓީ އެވެ.

އެ ޖަމިއްޔާގައި ބައިވެރިވުމުގެ ފުރުސަތު ބަންގްލަދޭޝް އާއި ސީޝެލްސްއަށް ވެސް ވަނީ ދީފަ އެވެ.

ސްރީލަންކާގެ ވެރިރަށް، ކޮލަމްބޯގައި ބޭއްވި އެ ބައްދަލުވުން ނިންމާލީ ކޮންކްލޭވް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތަކަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox