ރޭޓިން ދަށްކުރުމުން އެނގެނީ ސަރުކާރުގެ މާލީ ސިޔާސަތުގެ ދޯހަޅިކަން: އެމްޑީޕީ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ރޭޓިން ދަށްކުރުމުން ސަރުކާރުގެ މާލީ ސިޔާސަތުގެ ދޯހަޅިކަން އެނގޭ ކަމަށް އެ ޕާޓީން ބުނި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ރޭޓިން ދަށްކުރުމުން ސަރުކާރުގެ މާލީ ސިޔާސަތުގެ ދޯހަޅިކަން އެނގޭ ކަމަށް އެ ޕާޓީން ބުނި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ+" އިން "ސީސީ" އަށް ދަށް ކުރުމަކީ މި ސަރުކާރުން ގެންގުޅޭ މާލީ ސިޔާސަތުގެ ދޯހަޅިކަން ދައްކުވައިދޭ ކަމެއް ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބާޔާނެއްގައި ބުނީ ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ދެވަނަ ފަހަރަށް، އަދި އެއްފަހަރާ ތިން ދަރަޖަ ތިރިއަށް ކްރެޑިޓް ރޭޓިން ދަށްކުރުމުން ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުން މާލީ ހާލަތު އިންތިހާއަށް ގޯސްވަމުންދާކަން އެނގޭ ކަމަށެވެ.

"މާލީ ހާލަތު ގޯސްވަމުންދާކަން ރަމްޒުކޮށްދޭ ކަންކަމުގެ ތެރޭގައި ދައުލަތުގެ ހަރަދު ބޮޑުވުމާއި، މާލީ އިސްލާހުތައް ލަސްކުރުމާއި، ރާއްޖޭގެ ރަސްމީ ރިޒާވް މެނޭޖްނުކުރެވި ދަށަށް ދިއުމާއި، ބޭރުން ފައިސާ ހޯދުމަށް ނުކުޅެދިފައިވުން ހިމެނޭ،" އެމްޑީޕީން ބުންޏެވެ.

Advertisement

ރިޔާސީ އިންތިހާބަށް ފަހު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައި ނުވާއިރު މިއީ އެމްޑީޕީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ އިދާރާތަކުގެ އިތުބާރު އޮތް ކަމާއި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާތަކަށް އޮތްކަން ދައްކުވައިދޭ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރަން ނިންމި އިރު އިގްތިސާދީ ގޮތުން ކަންބޮޑުވާންޖެހޭ އެތައް ކަމެއް ފާހަގަކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. ފިޗުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ބޮޑުތަނުން ދަށަށް ދިއުމާއި ބޭރުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާގެ މިންވަރު އިތުރުވުން ހިމެނޭކަން ވެސް އެމްޑީޕީން ފާހަގަކުރި އެވެ.

އެމްޑީޕީން ދެކޭ ގޮތުގައި ފިޗުން ރޭޓިން ދަށްކުރުމުގެ ސަބަބުތައް:

  • ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށާއި އިގްތިސާދަށް ވީ ގެއްލުން: މިހާރުގެ ސަރުކާރުގެ އަމަލުތައް، ހާއްސަކޮށް އަވަށްޓެރި އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވުމުގެ ސަބަބުންނާއި ސަރުކާރުގެ ވެރިންގެ ބަސްމަގުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުކޮށްފައިވޭ. އޭގެ ސަބަބުން ރާއްޖެއަށް އިންޑިއާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މަދުވެ، ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން މި އަހަރު ދަށްކުރަން ޖެހިފައިވޭ.
  • ބޭކާރު އަދި ރޭވުމެއްނެތި ސަރުކާރުން ކުރާ ޚަރަދުތަކުގެ ސަބަބުން ރިޒާވް ހީނަރުވުން: މިއަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ޖުމުލަކޮށް އަންނަ ކުރިއެރުމާއެކު، ޑޮލަރުން ލިބޭ އާމްދަނީ 15 ޕަސަންޓް އިތުރުވެފައި ވީނަމަވެސް، ދައުލަތުގެ ހަރަދު ބޮޑުވުމުގެ ސަބަބުންނާއި ރިޒާވް ސަޕޯޓްކުރުމަށް ބޭނުންވާ ފައިނޭންސިން ހޯދުމަށް ސަރުކާރު ނުކުޅެދުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް މި އަހަރު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި. މިގޮތުން، ދަތި ދަނޑިވަޅެއްގައި މި ވަގުތު ސަރުކާރުން ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތަކެއްވެސް ސަރުކާރުންވަނީ ކޮށްފައި. މީގެ ތެރޭގައި، ބަޖެޓުގައި ނެތް 37 މިލިއަން ޑޮލަރު އަސްކަރީ ޑްރޯންތަކެއް ގަތުމަށް ހަރަދުކުރުމާއި، ޑެޓް ސްޓްރެޓެޖީއާ ހިލާފަށް، އިންޑިއާ ސަރުކާރާއެކު ވާހަކަ ނުދައްކަންވެގެން، 50 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލު އިންޑިއާއަށް އަނބުރާ ދެއްކުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް ކުރި އަސަރު ފާހަގަކުރަން.
  • ފިސްކަލް ރިފޯމް ލަސްކުރުން: ކުރީ ސަރުކާރުން ފަށައިފައިވާ މާލީ އިސްލާހުގެ ޕްރޮގްރާމް މި ސަރުކާރުން ކުރިއަށް ނުގެންގޮސް މަޑު ޖެއްސުމުން، ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ދަނޑިވަޅުގައި ނޭޅި ފަސްވޭ. އަދި އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ އޭގެ ސަބަބުން ރޭޓިން ދަށްވާނެކަން ފާއިތުވި ޖޫން މަހު ވެސް ރޭޓިން އެޖެންސީތަކުން ހާމަކޮށްފައިވޭ.

ހިރާސްތައް ކުޑަކުރުމަށް ވަގުތުން ފިޔަވަޅު އެޅުމުގެ ގޮތުން ބޭކާރު ހަރަދުތައް ހުއްޓާލައި، މި ވަގުތަށް މުހިންމު ނޫން ހުރިހާ ހަރަދުތައް މަދުކުރުމުގެ އިތުރުން މާލީ އިސްލާހުތައް އަވަސްކުރަން ބަޔާނުގައި އެމްޑީޕީން ގޮވައިލި އެވެ. ރަހުމަތްތެރި ގައުމުތަކާއި ބައިނަލްއަގްވާމީ އިދާރާތަކުގެ އެހީތެރިކަން ހޯދައި އަވަސް ގޮތެއްގައި ރާއްޖޭގެ ރިޒާވް ސަޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދަން ވެސް ގޮވައިލި އެވެ.

"ދައުލަތުގެ މާލީ ހިސާބުތައް އާންމު ކުރުމަށް އަލުން ފެށުމަށާއި ރައްޔިތުންނަށް ތެދު ހާމަކުރުމަށާއި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ދިއުމަށް ގޮވާލަން. އަވަހަށް ފިޔަވަޅު ނޭޅިއްޖެނަމަ، މާލީ ހާލަތު އިތުރަށް ދަށަށް ދިއުމާއި، ކްރެޑިޓް ރޭޓިންގ އިތުރަށް ދަށަށް ދިއުމާއި، އަދި އިގްތިސާދީ ހާލަތު އިތުރަށް ހީނަރުވުމުގެ ހިރާސް ބޮޑުކަންވެސް ފާހަގަކުރަން،" އެމްޑީޕީން ބުންޏެވެ.

ކުރިއަށް އޮތް އަހަރުތަކުގައި މާލީ މެނޭޖްމަންޓަށް ވީ އެންމެ އަވަހަކަށް ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ވެސް އެޕާޓީން ފާހަގަކުރި އެވެ. ގައުމުގެ އިގްތިސާދީ މުސްތަގުބަލާއި ރައްޔިތުންގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ސަރުކާރުން އިތުރު ބަހަނާ ނުދައްކައި މަސައްކަތްކުރަން އެޕާޓީން ގޮވައިލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox