އާމްދަނީ އާއި ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުން ރޭޓިން ރަނގަޅުވާނެ: ފިނޭންސް

ފިނޭންސުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ފިނޭންސުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް

އާމްދަނީ އިތުރު ކުރުމާއި ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަން ފެށުމުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ލޯންގް ޓާމް ފޮރިން ކަރަންސީ އިޝޫއާ ޑިފޯލްޓް ރޭޓިން "ސީސީ" އަށް ދަށް ކުރުމުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުގެ ހަރަދު ކުޑަ ކުރުމާއި އާމްދަނީ އިތުރު ކުރުމުގެ ސިޔާސަތުތައް ތަންފީޒުވާން ފެށި، އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި ކުޑަ ކުރުމުން ރޭޓިންއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"2028 ވަނަ އަހަރުގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި 90 ޕަސަންޓަށްވުރެ ކުޑަ ކުރެވޭނެ. މިއާއެކު، މުސްތަގުބަލުގައި ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ،" ފިނޭންސުން ބުންޏެވެ.

ފިނޭންސުން ބުނީ ސިޔާސަތުތައް ތަންފީޒުވުމުން މި އަހަރާއި މެދުރާސްތާގައި ފަތުރުވެރިކަމުގެ ދާއިރާއަށާއި އިގްތިސާދަށް އަންނާނެ ކަމަށް ބެލެވޭ ކުރިއެރުމާއެކު ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރެވޭނެ ކަމަށެވެ.

ސަރުކާރުން ދައުލަތުގެ މާލީ ހާލަތާއި ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް ހައްލު ކުރުމުގެ ގޮތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް ހަރަދު ކުޑަ ކުރުމަށް ސިޔާސަތުތައް އެކުލަވާލާފައިވާ ކަމަށް ފިނޭންސުން ބުނެ އެވެ.

އެގޮތުން އާމްދަނީގެ ސިޔާސަތުތަކުގެ ތެރޭގައި އެއާޕޯޓް ޓެކުހާއި ފީއާއި، ގްރީން ޓެކުހުގެ ރޭޓުތަކާއި، ސިއްހަތަށް ގެއްލުންދެނިވި ބައެއް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ މަތި ކުރުން ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

ޓީޖީއެސްޓީގެގޮތުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރު ކުރުމަށް، ޓީޖީއެސްޓީ ގާނޫނު އިސްލާހުކޮށް ޓެކްސް ބޭސް ފުޅާވާނެ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"އާމްދަނީގެ ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ޖުމްލަ ގޮތެއްގައި ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވެ، ސޮވަރިން ޑިވެލެޕްމަންޓް ފަންޑަށް ޖަމާ ކުރެވޭ ޑޮލަރުގެ މިންވަރު ވެސް އިތުރު ކުރެވޭނެ. ދައުލަތުގެ ރަސްމީ ރިޒާވްއާއި އކެްސްޓާނަލް ސެކްޓާއަށް ހުރި ހިރާސްތައް ކުޑަ ކުރެވި، ބޭރު ފައިސާ އަދާ ކުރަން ޖެހޭ ދަރަނިތައް އަދާ ކުރުމަށް ފަސޭހަވެގެންދާނެ،" ފިނޭންސުން ބުންޏެވެ.

އޭގެއިތުރުން ފިސްކަލް ސިޔާސަތަށް ގެނެވޭ ބަދަލުތަކަކީ ދައުލަތުން ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކޮށް، ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެ ހާލަތު ރަނގަޅު ކުރުމުގެ މަގުސަދުގައި އެކުލަވާލައި ތަންފީޒު ކުރުމަށް ރާވާފައިވާ ބަދަލުތަކެއް ކަމަށެވެ.

"ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިތަކަށް އެކަށީގެންވާ ހައްލެއް ހޯދުމުގެ ގޮތުން އެކުވެރި ދައުލަތްތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު ދަނީ މަސައްކަތް ކުރަމުން،" ފިނޭންސުން ބުންޏެވެ.

ފިސްކަލް ދެމެހެއްޓިނިވިކަން ކަށަވަރު ކުރުމުގެ ގޮތުން ދައުލަތުގެ ހަރަދުތައް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކެއް ވެސް ދަނީ އެކުލަވާލައި ތަންފީޒު ކުރަން ތައްޔާރުވާން ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

އެގޮތުން ފިނޭންސުން ބުނީ މި އަހަރު ތެރޭގައި މިފްކޯއަށް މަހުގެ އަގު ހިފެހެއްޓުމަށްޓަކައި ދެމުންދާ ސަބްސިޑީ ވަނީ މުރާޖާ ކުރެވި، ބަލްކް ޕްރޮކިއުމަންޓް ނިޒާމު މެދުވެރިކޮށް ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެ ކުރަން ވަނީ ފެށިފައި ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކުރަން ކުރާ ކަންކަން:

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްރާފުތައް ކުޑަކޮށް އެފިޝަންޓްކުރުން.
  • އިންޑިރެކްޓް ސަބްސިޑީތަކުގެ ބަދަލުތަކުގައި ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހޭ ފަރާތްތަކަށް ޓާކެޓްކޮށް ދެވޭ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުން.
  • ސިއްހީ އިންޝުއަރެންސްގެ ނިޒާމު ހަރުދަނާ ކުރުން.
  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކުއްލި ބަދަލުތަކުން ރައްކާތެރިވުމުގެ ގޮތުން ފިއުލް ހެޖިންއާ ބެހޭ ސިޔާސަތު ތަންފީޒުކުރުން.
  • ސަރުކާރުގެ ޑިސްކްރެޝަނަރީ ހަރަދުތައް ކުޑަކުރުމަށް ރާވައިފައިވޭ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox