ޔާމީންގެ ވެރިކަމުގައި މުއިއްޒު ވަކިކުރަން އުޅުނު، ބްރިޖުގެ ލޭނެއް މަދުވެގެން ރޮވެންދެން ބަވައިލި: އަބްދުއްރަހީމު

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު، އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުއާ ސަލާމް ކުރައްވަނީ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު، އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުއާ ސަލާމް ކުރައްވަނީ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެއް ލޭނު މަދުވެގެން ރައީސް އަބްދުﷲ ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ރޮވެންދެން ބަވައިލި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީން ރޭ ގެނެސްދިން އިންޓަވިއުގައި އަބްދުއްރަހީމު ވިދާޅުވީ ފެށުނީއްސުރެވެސް ޔާމީންގެ ހިތުގައި މުއިއްޒަށް ހިތްހަމަ ނުޖެހުން އޮތް ކަމަށާއި ތިން ފަހަރެއްގެ މަތިން ހައުސިން މިނިސްޓަރުގެ މަގާމުން ވަކިކުރަން އުޅުއްވި ކަމަށެވެ. ނަމަވެސް އެކަން ނުވީ އެކިއެކި ސަބަބުތައް މެދުވެރިވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެ ސަބަބުތަކެއް ވިދާޅެއްނުވެ އެވެ.

ޗައިން- މޯލްޑިވްސް ފްރެންޑްލީ ބްރިޖް
ޗައިން- މޯލްޑިވްސް ފްރެންޑްލީ ބްރިޖް

ޗައިން- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު

"އެންމެ ފަހުން ރިޔާސީ އިންތިހާބުގެ އެންމެ ފަހު ދުވަސްކޮޅު ބުރިޖު ހުޅުވަން މަސައްކަތް ކުރަމުން ދިޔަ އިރު، އޭރު ސަކީނާ މަންޒިލްގައި ޕާޓީ އޮފިސް ހިނގަމުން ދާނީ. އެ ތަނުގައި ކެބިނެޓުގެ ވަޒީރުންނާއި އަދި ޕާޓީގެ އިސް މީހުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވެސް ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ބަވާލި މަންޒަރާއި އެ އަޑު އަހާނެ އޭރު ކެބިނެޓުގައި ތިއްބެވި ވަޒީރުން ވެސް އަދި އަޅުގަނޑުމެންވެސް. ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން ބަވާލި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ދުވަހު ޔާމީން ވިދާޅުވީ އެއް ލޭން މަދުކަން ތިމަންނަ އަށް މިއަދުއޭ މި އެނގުނީ ކިޔާފައި މުއިއްޒަށް ހެސްކިޔާފައި ބަވާލީ."

އޭރު އަބްދުއްރަހީމް ހުންނެވީ ފޮނަދޫ ދާއިރާގެ މެންބަރުކަމާއި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގަ އެވެ.

"ހައުސިން މިނިސްޓަރު އެބަ ވިދާޅުވޭ ވަރަށް ސައިޑެއްގައި ޖޮގިން ލޭނެއް ވެސް އިންނާނެ. ހަމަ ޔަގީނުން ވެސް އެބައިން, ވެހިކަލް ދުއްވާނެ ދެ ލޭނު އެބައިން, ސައިކަލު ދުއްވާނެ ލޭނެއް އެބައިން, ހަމަ އެހެންމެ ބައިސްކަލާއި ޖޮގިން ވެސް ކުރެވޭނެ. މިއީކީ އާދައިގެ ބްރިޖެއް ނޫން," ސިނަމާލެ ބްރިޖުގެ ޑިޒައިން ދައްކާލުމަށް ސެޕްޓެމްބަރު 8, 2015 ގައި ބޭއްވި ޖަލްސާގައި އޭރުގެ ނައިބު ރައިސް އަހްމަދު އަދީބު ވިދާޅުވި އެވެ.

އަދީބު މިގޮތަށް ވިދާޅުވި ނަމަވެސް, ބްރިޖު ނިމުނުއިރު އޮތީ ވެހިކަލް ދުއްވާ ދެ ލޭނެވެ. ސައިކަލު ލޭނާއި ބައިސްކަލު ދުއްވަން ވަކި ލޭނެއް ނެތެވެ. އެހެންވެ، ބްރިޖުގެ ލޭނު މަދުވެގެން، އޭރު އިދިކޮޅުގައި އޮތް ސިޔާސީ ޕާޓީތަކުން ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.

ބްރިޖުގެ އެއް ލޭން މަދުވީ މުއިއްޒުގެ ސަބަބުން ކަމަށް ގަބޫލު ނުކުރެއްވޭކަން ފާހަގަ ކުރެއްވުމުގެ ގޮތުން އަބްދުއްރަހީމް ވިދާޅުވީ އިކޮނޮމިކް ޔޫތު ކައުންސިލް ބެލެހެއްޓެވީ ޔާމީން ކަމަށާއި، ބްރިޖުގެ މަސައްކަތް ކުރަމުން ދިޔައިރު ލޭނެެއް މަދުކަން ފާހަގަ ވާންޖެހޭނެ ކަމަށެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ޔާމީން ހަވާލުކޮށްފައި އޮތީ އޭރުގެ ހައުސިން މިނިސްޓްރީއާ އެވެ.

ޔާމީނަކީ ބޮޑާ ކިބުރުވެރި ބޭފުޅެއް ކަމަށް ވިދާޅުވެ ހޫނު ރައްދެއް ވެސް އަބްދުއްރަހީމް ދެއްވި އެވެ. އަދި ހިޔާނާތުގެ ތުހުމަތު ވެސް ކުރެއްވި އެވެ.

"ތިމާ ކިބުރުވެރިވެ ބޮޑާވެ ހައްދުފަހަނަ އަޅައި ނުދާންވީ. ތިމާކޮށްފައި ހުރި ކަންތައްތައް ކޮށްފައި ހުރި ގޮތާއި އުޅެފައި ހުރި ގޮތާ ދަންނަ ބަޔަކު މި ގައުމުގައި ތިބެދާނެ ކަމަށް ގަބޫލުކުރަންވީ. އާ ވާހަކަތަކެއް އަދިވެސް ނުކުމެދާނެ ކަމަށް ވިސްނާ ވަޑައިގަންނަވަންވީ،" އަބްދުއްރަހީމް އިންޒާރެއް ދެއްވި އެވެ.

ޔާމީނަކީ ރައްޔިތުންގެ ތާއީދު އޮތް ބޭފުޅެއް ނޫން ކަމަށާއި ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ގޮތް ރަނގަޅަށް އެނގިވަށައިގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިކަހަލަ އެއް ޕްރޮގްރާމެއްގައެއް މިކަހަލަ ވާހަކަ ނުދެއްކޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox