ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން:

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން:

ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްގެ ބޯޑުން އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވީ އޭނާ ހުންނެވި މަގާމުންނާއި ބޯޑު މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ ކުންފުނިތައް ހިނގާ ނުހިނގާ ގޮތް ބަލަން އޮތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.

އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވިކަން ބޭންކުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

Advertisement

އައިޝަތު ނޫރައްދީން ވަކިކުރިކަން ޕީސީބީން އެންގީ ބީއެމްއެލްގެ ބައެއް ކާޑުތަކުގެ ލިމިޓު އެއްކޮށް އުނިކޮށް، ބައެއް ކާޑުތަކުގެ ލިމިޓު ކުޑަކުރަން ނިންމަން އުޅޭ އަޑު ފެތުރިފައި ވަނިކޮށެވެ. އެ ނިންމިން ބޭންކުން އިއުލާނުކުރީ އާދީއްތަ ދުވަހު އެވެ.

ބީއެމްއެލްގެ ބޯޑު މެންބަރުކަމުން ވަކިކުރި ކަމަށް ބުނެ އައިޝަތު ނޫރައްދީނަށް ޕީސީބީން ސިޓީއެއް ފޮނުވި ނަމަވެސް އެގޮތަށް ބޯޑު މެންބަރުން ވަކި ކުރާކަށް އެ ބޭންކުގެ ހިންގާ ގަވާއިދު ތަނެއް ނުދެ އެވެ.

ބީއެމްއެލްގެ ހިންގާ ގަވާއިދުގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތާއި ޑިރެކްޓަރުންގެ މަގާމުގެ މުއްދަތާއި އެ މުއްދަތު ހަމަނުވަނީސް ޑިރެކްޓަރުން މުސްކުޅި ކުރުމާއި ނާގަބިލުވުމާއި ވަކިކުރުމުގެ ހަމަތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

ބޭންކުގެ ޑިރެކްޓަރުން މުސްކުޅި ކުރުމާއި ނާގަބިލުވުމާއި ވަކިކުރުމާ ގުޅޭ ކަންކަން ބަޔާންކޮށްފައިވަނީ ހިންގާ ގަވާއިދުގެ 57 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބޭންކުގެ ޑިރެކްޓަރުންގެ މަގާމު ހުސްވާނެ 10 ހާލަތެއް ބަޔާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ޕީސީބީއަށް، އަދި ސަރުކާރުން ބޭނުންވިކަމުގައިވިޔަސް، ޑިރެކްޓަރުން ވަކިކުރެވޭނެ ގޮތެއް ނެތެވެ.

ސަރުކާރުން ބޭނުންވެގެން ބޭންކުގެ ޑިރެކްޓަރުން ވަކިކުރެވޭނީ ކުރިން ބުނި މާއްދާގެ (ބ)ގެ ދަށުންނެވެ. އެއީ އާންމު ހިއްސާދާރުންގެ ހާއްސަ ޖަލްސާއެއްގައި ބައްދަލުވުމަށް ހާޒިރުވެފައި ތިބި ހިއްސާދާރުންގެ 51 ޕަސެންޓު އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ. މިއީ ބޭންކުގެ މައި ހިއްސާދާރުގެ ހައިސިއްޔަތުން އާންމު ހިއްސާދާރުންގެ ވޯޓާ ނުލައި ވެސް ސަރުކާރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ.

ބޭންކުގެ ހިންގާ ގަވާއިދުގެ 56 ވަނަ މާއްދާގައި އޮންނަ ގޮތުން ބޭންކުގެ ޑިރެކްޓަރަކަށް އައްޔަނުކުރާ މީހަކު ހިންގާ ގަވާއިދާ އެއްގޮތަށް ވަކިނުކުރާހާ ހިނދަކު ދެން ޖެހިގެން އަންނަ އަހަރީ އާންމު ޖަލްސާއާ ހަމައަށް ޑިރެކްޓަރެއްގެ މަސްއޫލިއްޔަތު އަދާކުރަން ޖެހެ އެވެ. އެހެންކަމުން އެއްވެސް ޑިރެކްޓަރަކު ވަކިކުރެވޭނީ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިންކަން އެނގެ އެވެެ.

ބޭންކަށް ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގެ ބައެއް ކާޑުތަކުގެ ލިމިޓު އެއްކޮށް އުނިކޮށް، ބައެއް ކާޑުތަކުގެ ލިމިޓު ކުޑަކުރަން ނިންމި ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރަން ނިންމި ނިންމުމެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ބީއެމްއެލްގެ އެ ނިންމުމަކީ ބަގާވާތެއް ކަމަށް ބުނެ ފުލުހުން ތަހުގީގުކުރަން ފެށީ ސަރުކާރަށް ތާއިދުކުރާ ބައެއް ފަރާތްތަކުން އެގޮތަށް އަޑު ފަތުރާފައި ވަނިކޮށެވެ.

ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބީއެމްއެލްއިން، އެ ބޭންކުގެ ކާޑުތަކުގެ ލިމިޓުތަކަށް ގެނައި ބަދަލު ސަރުކާރުން ޕްރެޝަރުކޮށްގެންނާއި، އެމްއެމްއޭއިން އެނގުމުން، ބީއެމްއެލްގެ ބޯޑުން ވަނީ ބާތިލުކޮށްފަ އެވެ.

އައިޝަތު ނޫރައްދީނަކީ ބީއެމްއެލްގެ އެންމެ ދުވަސްވީ އެއް މުވައްޒަފެވެ. އެ ބޭންކުގެ ވަޒީފާއާ އައިޝަތު ނޫރައްދީން ގުޅިވަޑައިގަތީ 1982 ގަ އެވެ. އޭގެފަހުން ހިނގައިމިދިޔަ 42 އަހަރުގެ ދިގު ތާރީހުގައި އޭނާ ވަނީ ބީއެމްއެލްގެ އެކްޓިން ސީއީއޯ ކަމާއި މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާ ކުރައްވައިފަ އެވެ.

ހަތަރު ފަހަރެއްގެ މަތިން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުކަން އައިޝަތު ނޫރައްދީން ފުރުއްވާފައިވާއިރު، އެ ބޭންކުގެ މިހާރުގެ ސީއީއޯ، ކާލް ސްޓުމްކެ އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ބޭންކުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ އައިޝަތު ނޫރައްދީނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox